ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2026/29
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 25 ޖޫން 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމެޓީއަށް މެމްބަރަކު ހޯދުން

ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީވަނިވި އުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ހެދުމަށް މަގުފަހިކުރުމުގެ ގޮތުން ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ޢާއްމުންގެ ތެރެއިން ބޭފުޅަކު ހިމަނަން ޖެހެއެވެ.

ވީމާ، ޢާއްމުންގެ ތެރެއިން މިކޮމެޓީގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެބޭފުޅެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު، 2026 ޖޫން 25ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

21 ޖޫން 2026