ދިވެހިރާއްޖެ
އިޢްލާން
މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ފީވަކުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ޑީޓެއިލް ކުރެހުންތަކާއި، ބީއޯކިއު، އަދި ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން.
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ފީވަކުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ޑީޓެއިލް ކުރެހުންތަކާއި، ބީއޯކިއު، އަދި ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. ދެންނެވުނު ކުރެހުންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު މި އިޢުލާނާއި އެކު ގެޒެޓްކުރެވިފައިވާނެއެވެ.
ކޯޓޭޝަން ހުށަހެޅުން
- ކޯޓޭޝަން ހުށައެޅުމުގެ ސުންގަޑިއަކީ 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އެވެ.
- ކޯޓޭޝަން ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލްކުރައްވާ، ނުވަތަ ފީވަކު ކައުންސިލްގެ އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6540046 އަށް ގުޅުއްވާ، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.
21 ޖޫން 2026