ދިވެހިރާއްޖެ
ށ.ފީވަކު ޢިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު އިޖްތިމާޢީ ސަރަޙައްދުތައް ކޮންޓްރެކްޓް އުޞޫލުން ކުނިކަހައި ވިނަނޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
- 1. މަޢުލޫމާތު ސާފުކުރުން
މަޢުލޫމާތު ސާފުކުރުން އޮންނާނީ 28 ޖޫން 2026 ވާ އާދީއްތަ ދުވަހު 13:00 ގައި ފީވަކު ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި، އަންދާސީ ހިސާބު ހުށަހެޅޭނީ މި ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
- 2. އަންދާސީ ހިސާބު ހުށަހެޅުން
28 ޖޫން 2026 ވާ އާދީއްތަ ދުވަހުން ފެށިގެން، 01 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ. މި އިޢްލާނާއި ގުޅިގެން ހުށައަޅާ އަންދާސީ ހިސާބުތަށް އީމެއިލް [email protected] ގެ ޒަރިއްޔާއިން ވެސް ބަލައިގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އިދާރާގެ ނަންބަރު 6540046 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.