ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)339-CAA/339/2026/17
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 28 ޖޫން 2026 14:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

         

        މި ކައުންސިލްގެ ދަށުން ހިންގާ ކުންފުނީގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބޯޑުގެ ޑިރެކްޓަރުން ހޮވާނީ ކައުންސިލްތަކުން ލޯކަލް އޮތީރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ޤަވާޢިދުގައިވާ (ޤަވާޢިދު ނަންބަރު:R-49/2021 ( ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

         އަދި މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކަކީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ޤަވާޢިދުގައިވާ (ޤަވާޢިދު ނަންބަރު:R-49/2021 ( ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (01/221/2022އ( ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

މަޤާމް:

މެނޭޖިންގ ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އއ.ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް، އއ.ތޮއްޑޫ

އަދަދު:

1 (އެކެއް)

ވަޒީފާގެ މުއްދަތު:

5 އަހަރު

މުސާރައާއި، އިނާޔަތްތައް:

މަހަކު -/19،355 ރ

ރަސްމީ މަސައްކަތު ގަޑި:

ދުވާލަކު 8 ގަޑިއިރު

 

ތަޢުލީމާއި ތަޖުރިބާގެ ޝަރުތުތައް

މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއެކު، ވިޔަފާރީގެ ދާއިރާ ނުވަތަ ހިންގުމުގެ ދާއިރާގައި 2 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުތު

1-     އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން.

2-     ބުއްދި ސަލާމަތުންހުރި މީހެއް ކަމުގައިވުން.

3-     ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި "ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަ ކޮށްފައިވާ ފަރާތެއް ކަމުގައިވުން ނުވަތަ ތަމްރީން ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.(ނޯޓް: ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި އިސްވެ ދެންނެވުނު ތަމްރީން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

4-     ދިވެހިރާއްޖެގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

5-   ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ މަދުވެގެން 3 އަހަރު ވެފައިވުން. ނަމަވެސް ވައްކަމާއި ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

6-     އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

7-     ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި ނުވަތަ ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތުގައި ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

 

ހުށައަޅަންޖެހޭ ލިޔުންތައް:

(ހ) ވަޒީފާއަށް އެދި ކުރިމަތިލާކަމުގެ ސިޓީ

(ށ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

(ނ) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

(ރ) ތަޢުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާކޮޕީ)

(ބ) ކުށާއި ދަރަނީގެ ރެކޯޑް (ޢުމުރަށް)

(ޅ) "ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފަރާތެއްނަމަ، ސެޓްފިކެޓްގެ ކޮޕީ (އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާކޮޕީ)

     

 

 

ވީމާ، މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖޫން 28 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މަގާމުތަކުގެ ޒިންމާއާއި މަސްއޫލިއްޔަތުތައް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

     މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތައް، ކައުންސިލުން އިވެލުއޭޓް ކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި އިންޓަވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ކައުންސިލްގެ ބައްދަލުވުމަށް ހުށައަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް އައްޔަނު ކުރެވޭ ފަރާތްތައް ކަނޑައެޅޭނެއެވެ.

21 ޖޫން 2026