ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް، މި ސްކޫލްގެ ޓެރަސްގައި ނެއްޓިހަލާކުވެފައިވާ ބައެއް ޓައިލްސްތައް، އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ހީރާސްކުރެވިފައިވާނެއެވެ. މި މަސައްކަތާއި ގުޅޭ އަންދާސީ ހިސާބު 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މި ސްކޫލްގެ ޕްރޮކިއުމަންޓް މެއިލް، [email protected] އަށް މެއިލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.
މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޞަލާޙުއްދީން ސްކޫލް ޕްރޮކިއުމަންޓް ސެކްޝަން
- ފޯން: 3302457 / 3302461
- އީ-މެއިލް: [email protected]