ޢާންމު މަޢުލޫމާތު
ނަންބަރު: GS16-1092/IUL/2026/03
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 25 ޖޫން 2026 14:00
ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސ.އަތޮޅު މަދަރުސާގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

1- ސ.އަތޮޅު މަދަރުސާގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ  މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

2- މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް އަދި މަސައްކަތުގެ ތަފްޞީލު ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް  21ޖޫން 2026 ން 25 ޖޫން 2026 ގެ ނިޔަލަށް މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައވާ ފޯމް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

4- މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 ޖޫން 2026ވަނަ ދުވަހުގެ ކުރީން މިއިޢުލާންގެ 7ވަނަ ނަމްބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުވުމުން އެފަރާތަކަށް ޖަވާބު އެރުވޭނެއެވެ.

5- ބީލަން ހުޅުވުން އޮންނާނީ  04 ޖުލައި 2026ވަނަ ދުވަހުގެ 11:00ގައި ސ.އަތޮޅު މަދަރުސާގައެވެ.

6- މި ބީލަމާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

7- މި ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ސ.އަތޮޅުމަދަރުސާ                             

ފޯން ނަންބަރ: 6895679 / 7565679

އީމެއިލް އެޑްރެސް: [email protected]

20 ޖޫން 2026