ދިވެހިރާއްޖެ
އިޢުލާން
ތ. ތިމަރަފުށީ ދުއްވާ އެއްގަމު އުޅަނދުފަހަރު (C) ޒޯނަށް ރަޖިސްޓްރީ ނުކުރާ އުޅަނދުތަކުގެ ޒޯން ބަދަލުކުރުމާއި ގުޅޭ
ތ. ތިމަރަފުށީގައި މިވަތު ބޭނުންކުރަމުންދާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ތ. ތިމަރަފުށި ހިމެނޭ ޒޯން (C) އަށް ރަޖިސްޓްރީ ނުކޮށް ރަށުގައި ދުއްވާ އެންމެހައި އުޅަނދުތައް ޒޯން (C) އަށް ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.
އެގޮތުން މުއައްސަސާތަކާއި، ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި ޢާންމު ފަރުދުންގެ އުޅަނދުފަހަރުތައް (C) ޒޯނަށް ރަޖިސްޓްރީ ކުރުމަށް 3 (ތިން) މަސްދުވަހުގެ މުހުލަތެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، ދެންނެވުނު މުއްދަތުގައި މިޒޯނަށް ރަޖިސްޓްރީނުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކާއިމެދު "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ތިމަރަފުށީ ޕޮލިސްޓޭޝަނަށް ފޮނުވޭނެކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.