ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2026/68
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 25 ޖޫން 2026 12:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

މިރަށު "ހޭޒް" ގޭގެ ދެކުނުން ކުޑަމިސްކިތް މަގުގައި ހުރި (ރަތް ކުލައިގެ ދަވާދުން X  ޖަހާފައިވާ )  07 ރުއް އަދި 07 ކެޔޮގަހުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިދެންނެވި ރުއްގަހުގެ ވެރިއެއްވާނަމަ، ރުއްގަސް ނަގައިގެން ގެންދިއުމަށް ނުވަތަ އެއީ އެފަރާތުގެ ރުއްގަސް ކަން އެނގޭނެ ލިޔުމެއް 2026 ޖޫން 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މި ދެންނެވި ސަރަޙައްދު އެނގޭނެ ޗާޓެއް ތިރީގައި ހިމަނާފައި އެވަނީއެވެ.

18 ޖޫން 2026