ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-2C/426/2026/171
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 24 ޖޫން 2026 23:59
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ އަމާން ގޯޅީގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް ވާނަމަ ނެގުމާ ބެހޭ

އިޢުލާން

ހިތަދޫ އަމާން ގޯޅީގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް ވާނަމަ ނެގުމާ ބެހޭ

                       ހިތަދޫ ޝަޒާ ގޯތީގެ އުތުރުން އޮންނަ އަމާން ގޯޅީގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް ވާނަމަ މި އިޢުލާނު ކުރާ ތާރީޚުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި (ބަންދު ދުވަސްތައް ހިމެނޭގޮތަށް) އެތަކެތި ނެންގެވުމަށް ދަންނަވަމެވެ.

                       މި މުއްދަތުގެ ތެރޭގައި ތަކެތި ނަގާފައި ނުވާނަމަ، ގަވާއިދު ނަންބަރު: 2019/R-984 "ޢާންމު ތަންތަނާއި މަގުމައްޗާއި ފަޅު ތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން އެ ތަކެތި ނެގުމުގެ މަސައްކަތް މި އޮފީހުން ކުރިއަށް ގެންދާނެއެވެ. އަދި މިގޮތަށް ނެގުމުގެ ތެރޭގައި އެއްވެސް އެއްޗަކަށް ލިބިދާނެ ގެއްލުމަކަށް މިއޮފީހުން ޒިންމާ ނުވާނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

03 މުހައްރަމް 1448

18 ޖޫން 2026

18 ޖޫން 2026