މަސައްކަތް
ނަންބަރު: Q4-SM-IUL-2026-08
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 25 ޖޫން 2026 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ގދ.ގައްދޫ ޞިއްޙީމަރުކަޒުގައި ހުރި މަރާމާތުތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން

މި މަރުކަޒުގެ ހުޅަނގު ފަރާތު ދިޔަދޮވި މަރާމާތު ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކޯޓޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 25 ޖޫން 2026ވާ ބުރާސްފަތި ދުވަހުގެ 13:00އެވެ. ވީމާ ކޯޓޭޝަން ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަރުކަޒުގެ އޮފީހަށް ނުވަތަ މެއިލް ([email protected]) މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

މި  މަސައްކަތައް ކޯޓޭޝަން ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މި މަރުކަޒުގެ ނަންބަރު 6840173 އާ ގުޅުއްވުން އެދެމެވެ.

     މިކަމުގެ މަޤްޞަދަކީ ވީހާވެސް ގިނަ ވިޔަފާރިތަކަށް މި މަރުކަޒުގެ މަސައްކަތްތަކަށް ނުވަތަ ހޯދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގައި ފަސޭހަ ގޮތްތަކެއް ޤާއިމްކުރުމެވެ.

                ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

                03 މުޙައްރަމް 1448

18 ޖޫން 2026