ދިވެހިރާއްޖެ
މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތުތަކާއި އެއްގޮތަށް މި ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކުން 6 ބިމެއް ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތްކޮށްދިނުމަށް 6 ފަރާތަށްވުރެ އިތުރު ފަރާތްތައް ހުށަހަޅައިފިނަމަ މަސައްކަތް ޙަވާލުކުރާނެ ފަރާތްތައް ކަނޑައަޅާނީ މި މަސައްކަތްކޮށްދިނުމަށް އެދި މި އިދާރާއަށް ފޯމް ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
މި މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާނީ މަޢުލޫމާތު ޝީޓާއެކު ހިމަނާފައިވާ ފޯމުންނެވެ. މި ފޯމް މި އަދުން ފެށިގެން 2026 ޖޫން 25 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ރަސްމީ ގަޑީގައި މި ކައުންސިލަށް އަދި އޮންލައިކޮށް ހުށަހަޅާނަމަ މި ކައުންސިލްގެ އީމެއިލް [email protected] އަށް ހުށަހެޅޭނެއެވެ. މުއްދަތު ހަމަވާފަހުން ހުށަހަޅާ ފޯމްތައް ބަލައިނުގަނެވޭނެއެވެ.
މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 2026 ޖޫން 24 ވަނަ ދުވަހުގެ 14:00ގެ ކުރިން މަތީގައިވާ މެއިލަށް މެއިލްކުރުމުން ޖަވާބުތައް 24 ވަނަ ދުވަހުގެ ނިޔަލަށް ފޮނުވޭނެއެވެ. މި މަސައްކަތާއި ގުޅޭ ލިޔެކިތުންތަކުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތާއި ގުޅޭ ތަފްސީލް މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.