ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2026/86
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 31 ޖުލައި 2026 00:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތައް ތަރުތީބުކުރުމާއި ސާފުކުރުން

މަގުތައް ތަރުތީބުކުރުމާއި ސާފުކުރުން

 

 

                 މިރަށުގެ މަގުތަކަކީ ސާފުތާހިރު، އަމާން ތަރުތީބު މަގުތަކަކައް ހެދުމަކީ މިކައުންސިލްގެ އަމާޒެކެވެ. އެހެންނަމަވެސް،  ހިނގާބިނގާވާ މީހުންނާއި، މަގުގައި ދުއްވާ އުޅަނދުފަހަރަށް ދަތިވާގޮތައް ރަށުގެ މަގުތަކާއި ގޯޅިތަށް އަދި މީހުން ދިރިނޫޅޭ ގޯތިތަކުގެ މަގުފަޅިތަށް ސާފުނުކޮށް ގިނަދުވަސްވެފައި ވާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ހިނގާބިނގާވާ މީހުންނާއި، މަގުގައި ދުއްވާ އުޅަނދުފަހަރަށް ދަތިވާގޮތައް ހުރި ގޯތިތަކުގެ މަގުފަޅިތަކާއި މަގުމަށްޗަށް ދޫކޮށްލާފައިވާ އެންމެހާ ތަކެތި، 31 ޖުލައި 2026 ވަނަ ދުވަހުގެ ނިޔަލަށް، ނަންގަވައި މަގުތައް ސާފުކުރުމަށް އެންމެހާ ރައްޔިތުންނަށް އަންގައި އިލްތިމާސް ކުރަމެވެ. މިމުއްދަތުގެ ފަހުން، މަގުތަކާއި ގޯޅިތަކަށް ދޫކޮށްފައިވާ ތަކެތި ނަގައި، ނައްތާލުމުގެ މަސައްކަތް މިކައުންސިލުން ކުރާނެ ވާހަކަ ދެންނެވީމެވެ.  

 

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.    

            

 

 

                     03 މުޙައްރަމް 1448        

                     18 ޖޫން 2026 

18 ޖޫން 2026