ދިވެހިރާއްޖެ
އީސްޓާންހައުސިންގް، ރޫޕްނަގަރު، ޑާކާ، ބަންގްލަދޭޝް، ޖޭސްމީން ބޭގަމް (ޕާސްޕޯޓް ނަންބަރު A07948693) އަކީ މި ކޯޓަށް ހުށަހެޅި ބަލަމުންގެންދާ ނަންބަރު 15/U4C/2026 (އާއިލީ މައްސަލަ) ޤަޟިއްޔާއާ ގުޅިގެން، ކޯޓަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި އެޑްރެހެއް އަދި ފޯނު ނަންބަރެއް ނޭނގުމުގެ ސަބަބުން ހާޒިރުކުރެވިފައިނުވާ ފަރާތެކެވެ.
ވީމާ، 23 ޖޫން 2026 މި ދުވަހުގެ 10:30 އަށް އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް އީސްޓާންހައުސިންގް، ރޫޕްނަގަރު، ޑާކާ، ބަންގްލަދޭޝް، ޖޭސްމީން ބޭގަމް އަށް އަންގަމެވެ. އަދި މިދެންނެވި ތާރީޚާއި ގަޑިއަށް ޖޭސްމީން ބޭގަމް މި ކޯޓަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ އެ ތާރީޚާއި ގަޑިއަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވެފައިނުވާނަމަ، ކޯޓަށް ހާޒިރުވުމަށް އެންގުނީ ކަމަށް ބަލައި، ޖޭސްމީން ބޭގަމްގެ ޣައިރު ހާޒިރުގައި މައްސަލަ ހިނގާ ނިންމާނެކަންވެސް އަންގަމެވެ.