ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: |
އެނިމޭޓަރ |
||
މަޤާމުގެ ރޭންކް: |
TP 5 |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ޕަބްލިކް ސަރވިސް މީޑިއާ |
||
ޑިޕާޓްމަންޓް: |
އީ-ކޮމާރސް އެންޑް މާކެޓިންގް/ގްރެފިކްސް |
||
މުސާރައާއި އެލަވަންސް: |
މަހަކު -/9،950 ރުފިޔާ |
||
މަޤާމުގެ ޝަރުޠު: |
މަޤާމާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ. ސީ. އީ. އޭލެވެލް އިމްތިޙާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
||
މަޤާމުގެ މަސްއޫލިއްޔަތު: |
1. އައު ޚިޔާލުތައް ޖެނެރޭޓްކުރުމާއި، އިނޮވޭޓިވް ގޮތްތައް ޑިޒައިންކުރުމާއި، އެނިމޭޓްކުރުން. 2. ހަވާލުކުރެވޭ މަސައްކަތާ ގުޅޭގޮތުން ޕްރޮޑިއުސަރާއި ނުވަތަ ޑައިރެކްޓަރާ ވާހަކަދައްކައި، މަސައްކަތް ނިންމާނެގޮތުގެ ޓައިމްލައިނެއް ކަނޑައެޅުން. 3. ޑިޒައިނާއި އެނިމޭޝަންތައް ހަދާއިރު، ސްކެޗްތައް / ސްޓޯރީ ބޯޑްސް ތައްޔާރުކުރުމަށްފަހު، މަސައްކަތާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ފައިނަލްކުރުން. 4. ގްރެފިކްސްއިން ހަދަންޖެހޭ ލޯގޯ، ޕޯސްޓަރ، ބިލްބޯޑް، ފޮތް ފަދަ ތަކެތި ޕްރޮފެޝަނަލްކޮށް ޑިޒައިންކުރުން. 5. ޓޫޑީ، ތްރީޑީ، މޯޝަން ގްރެފިކްސް، ޕްރޮގްރާމްސް، ނިވްސް އަދި އެހެނިހެން ކަންކަމަށް ބޭނުންވާ އެނިމޭޝަންތައް ޕްރޮފެޝަނަލްކޮށް އިންޑަސްޓްރީ ސްޓޭންޑަރޑްގެ ސޮފްޓްވެޔާރސްތައް ބޭނުންކޮށްގެން ހެދުން. 6. ތްރީޑީ މޮޓެލްކުރުން. 7. ޚަބާރާ ގުޅުންހުރި ގްރެފިކްސް ޑިއުޓީ އުޞޫލުން ހަމަޖެހިފައިވާ ގަޑިއަށް ދުވަހުން ދުވަހަށް ނިންމުން. 8. ގްރެފިކްސްއިން ހަދަންޖެހޭ ޕޯސްޓަރ، ބިލްބޯޑް، ފޮތް ފަދަ ތަކެތި ޑިޒައިން ކުރުން. 9. ދުވަހުން ދުވަހަށް ނިންމަންޖެހޭ ލައިވްތަކަށް ބޭނުންވާ ހުރިހާ ޑިޒައިންތަކާއި އެނޭިމޝަން ހަދައި، ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން. 10. ޕްރޮގްރާމް، ނިއުސް އަދި ލައިވްތަކަށް ބޭނުންވާ ކެޕްޝަން ބްރޭކަރއާއި، އެހެނިހެން ގްރެފިސްތަކުގެ އެނިމޭޝަންތައް ހެދުން. 11. ޕްރޮގްރާމް، ނިއުސް އަދި ލައިވްތަކަށް ބޭނުންވާ ޕްރޮމޯ (ޓްރެއިލާރ) އާއި، ޓީޒާފަދަ ތަކެތި އެނިމޭޓްކުރުން. 12. ލައިވް / ރެކޯޑްކުރާ ޕްރޮގްރާމްސް އަދި ލައިވް އިވެންޓްގައި ކެލިގްރާފަރ / ޓައިޓުލް އޮޕަރޭޓަރ / ޖީ-ޗެނަލް އޮޕަރޭޓް ކުރުމާއި، ކެލިގްރާފަރ/ ޓައިޓްލް އޮޕަރޭޓަރ / ޖީ-ޗެނަލް ފައިލް ސެޓަޕް ހެދުން. 13. ހަވާލުކުރެވޭ މަސައްކަތްތަށް ޒިންމާދާރުކަމާއެކު ކަނޑައެޅިފައިވާ ގަޑިއަށް ނިންމުން. |
||
އިތުރުގަޑި: |
އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||
މި މަޤާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު: |
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
||
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖަނަވަރީ 31 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
9 ރަބީޢުލްއާޚިރު 1437