ދިވެހިރާއްޖެ
ކ.ތުލުސްދޫގެ ހުކުރު ކުރާ ދެ މިސްކިތުގައި ހުރި އޭސީތައް ސަރވިސް ކުރުން
ކ.ތުލުސްދޫގެ ހުކުރު ކުރާ ދެ މިސްކިތުގައި ހުރި އެއަރ ކޮންޑިޝަންތައް ސާވިސްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖޫން 22 ވަނަ ދުވަހު 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް https://forms.gle/ydTAeibkfxDkT42b8 މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2026 ޖޫން 22 ވަނަ ދުވަހު 13:00ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް ލިޔުއްވާ ހުށައެޅުއްވުން އެދެމެވެ. ބިޑް ހުށައެޅުން އޮންނާނީ 2026 ޖޫން 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ފުރުޞަޠު ހުޅުވާލަމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ވިޔަފާރީގެ ނަމުގައި ތައްޔާރުކުރެވިފައިވާ ކޮޓޭޝަންއަކުން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ތައްޔާރުކުރެވިފައިވާ ކޮޓޭޝަންގައި މަސައްކަތްކޮށްދެވޭނެ އަގާއި މުއްދަތު ބަޔާންކުރެވިފައި އޮންނަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި " ކ.ތުލުސްދޫގެ ހުކުރު ކުރާ ދެ މިސްކިތުގައި ހުރި އޭސީތައް ސަރވިސް ކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ކޮޓޭޝަން ހުށަހެޅުމަށް ދެވޭ އިރުޝާދު މި އިއުލާނާއެކު އެވަނީއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.