ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-C/381/2026/38
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 23 ޖޫން 2026 23:59
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމައްޗާއި ދުވާރުމަތީގައި ބަހައްޓާފައިހުރި ތަކެތި ނެގުމާއި ގުޅޭ:

އިޢުލާން

މިހާރަކަށް އައިސް ކުޑަހުވަދޫގެ ދުވާރުމަތީގައި އާދަޔާ ހިލާފަށް ތަކެތިބެހެއްޓުމާއި   ގިނަ އަދަދެއްގެ ދަރު،ބަރޯ،ފަދަތަކެއްޗާއި އަދި ބައެއް ފިހާރަތަށް ކުރިމަތީ ދުވާރުމަތީގައި ތަކެތި ވިއްކަން ބަހައްޓާފައި ހުންނަކަން މިއިދާރާއަށް ވަނީ ފާހަގަ ކުރެވިފައެވެ. ކުޑަހުވަދޫއަކީ ރަށުން ބޭރުން ގިނަ އަދަދަކަށް މިހުން ޒިޔާރަތްކުރާ ރަށަކަށް ވާއިރު ރަށުގެ މަގުތަކާއި ދުވާރުމަތީގައި ތަކެތި ބަހައްޓާ ހެދުމަކީ ކުޑަހުވަދޫ ފަދަ ތަހުޒީބަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށަކަށް ވީހިނދު ރައްޔިތުން ކުރަން އެކަށީގެންވާ ކަމެއްނޫންކަމުގައި ދަންނަވަމެވެ. ވީމާ މަގުމައްޗާއި ދުވާރު މަތީގައި ބަހައްޓާފައިވާ ކުރިން ދެންނެވުނު ތަކެތި 23 ޖޫން 2026 ވާ އަންގާރަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި ނަގާ ނިންމުމަށް ދަންނަވަމެވެ.

           ރަށުގެ ސާފު ތާހިރުކަން ފެންނާނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދެއްވައި މަސައްކަތް ކޮށްދީގެން ކަމުގައި ދަންނަވަމެވެ. ވީމާ ކައުންސިލްގެ ހުއްދަނެތި މަގުމައްޗާއި ދުވާރުމަތީގައި ބަހައްޓާފައިހުރި ތަކެތި  2026 ޖޫން 23 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ނެންގެވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ފަހުން މަގުމައްޗާއި ދުވާރުމަތީގައި ހުންނަ ތަކެތި ކައުންސިލުން ނަގަމުން ދާނެވާހަކަ ދަންނަވަމެވެ.

 އަދި މި ފުރުސަތުގައި، މިފަދަ ކަންކަމުގައި ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

17 ޖޫން 2026