ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
އެޑޯބް އެކްރޯބެޓް ޕްރޯ ފޮރ ޓީމްސް ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ކޮމިޝަނަށް އެޑޯބް އެކްރޯބެޓް ޕްރޯ ފޮރ ޓީމްސް ލައިސަންސް ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
އެޑޯބް އެކްރޯބެޓް ޕްރޯ ފޮރ ޓީމްސް ލައިސަންސް ސައިޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުމަށްފަހު 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) އަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންނަމަ 23 ޖޫން 2026 ވާ ބުދަ ދުވަހު ގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
02 މުޙައްރަމް 1448
17 ޖޫން 2026