ދިވެހިރާއްޖެ
މިކައުންސިލްގެ މުނިސިޕަލް މަސައްކަތްކުރާ 02 ބިދޭސީ މަސައްކަތުމީހުން ވަގުތީ ގޮތުން ބައިތިއްބުމަށް 1 ކޮޓަރީގެ ގެއެއް ނުވަތަ އެޕާޓްމަންޓް އެއް(ކަރަންޓާއި ފެން، ފާޚާނާ އާއި ކައްކެވޭގޮތަށް ހުރި) 06 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުން ވެއެވެ. ކުއްޔަށް ދޫކުރާގެ ވާންވާނީ ދިރިއުޅުމަށް އެކަށޭނެ ފަސޭހަ ތަނަކަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖޫން 2026 ވަނަ ދުވަހުގެ 11:30 އަށް މިކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން އާއިއެކު ކުއްޔަށް ދޫކުރާތަނުގެ ފޮޓޯ ހުށަހަޅަންވާނެއެވެ. އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޯޓޭޝަން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު ޖައްސަވަންވާނެއެވެ. މިގޮތަށް ފޮނުއްވަން ވާނީ އަމިއްލަ ފަރުދަކު ނަމަ އެމީހެއްގެ އެކައުންޓުން، އަމިއްލަ ފަރުދުންގެ ވިޔަފާރި އަކުން ނަމަ މަސްޢޫލުވެރިޔާގެ އެކައުންޓް އަދި ކުންފުނި/ޕާޓްނަރޝިޕަކުން ނަމަ މެނޭޖިންގ ޑިރެކްޓަރ/މެނޭޖިންގ ޕާޓްނަރ ގެ އެކައުންޓުންނެވެ. މިމަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައަޅާނީ އެންމެ ހެޔޮ އަގެއް ހުށަހަޅާ ފަރާތެއް ބަލައިގެންނެވެ.
މިހެންވެ މިކަން އާންމުކޮށް އންގުމަށްޓަކައި އިޢުލާން ކުރީމެވެ.