މަސައްކަތް
ނަންބަރު: (IUL)BAH-AHR/BAH/2026/44
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 21 ޖޫން 2026 10:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބ. އަތޮޅު ހޮސްޕިޓަލްގެ ކުރީގެ ލޯންޑްރީ ތަޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ( ކޯޓޭޝަން ) ހުށައެޅުމަށް ހުޅުވާލުން.

ބ.އަތޮޅު ހޮސްޕިޓަލްގެ ކުރީގެ ލޯންޑްރީ ތަޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް އެދި ކޯޓޭޝަން ހުށައަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެންމެ ކޯޓޭޝަނެކެވެ. ގަޑި ޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލްވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަސައްކަތުގެ އަގު ހުށައަޅާއިރު މަސައްކަތުގެ މުއްދަތާއިއެކު ހުށައެޅުމަށްވެސް ދެންނެވީމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ބ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމަށް ވަޑައިގެން މަސައްކަތުގެ ( ކޯޓޭޝަން ) ހުށައެޅުއްވުން އެދެމެވެ.

މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7914942 / 9796666 އަށް ގުޅުއްވުން އެދެމެވެ.

17 ޖޫން 2026