ދިވެހިރާއްޖެ
1004/IUL-2026/06: ނަންބަރު
އިޢުލާން
ސްކޫލަށް ބޭނުންވާ 4 ޓީވީ ފޯރު ކޮށްދޭނެ ފަރާތެއް ހޯދުން
މިސްކޫލްގެ ކުލާސް ރޫމަށް ބޭނުންވާ 4 ޓީވީ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ތިރީގައި ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުމަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ތަފްޞީލް |
ގަޑި |
ތަން |
|
17 ޖޫން 2026 ން 23 ޖޫން 2026 |
ބިޑުގައި ރެޖިސްޓްރީވުން |
09:00 – 14:00 ށް |
ބޮޑުފޮޅުދޫ ސްކޫލް |
|
25 ޖޫން 2026 |
ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުން |
13:00 ގައި |
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ބީލަމުގެ ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ރަޖިސްވެފައިވާ ފަރާތުގެ ބަދަލުގައި އަންނަ ފަރާތުން، އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. މިބީލަމާގުޅޭ މަޢުލޫމާތު ޝީޓް، އަދި ބީލަންފޮތް މިއިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ
ބޮޑުފޮޅުދޫ ސްކޫލް/ އއ.ބޮޑުފޮޅުދޫ
ފޯން: 6660841
އީ-މެއިލް [email protected]