މުބާރާތް
ނަންބަރު: (IUL)305-ME305/305/2026/59
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި:
24 ޖޫން 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގެ މޮނިއުމަންޓް ފަރުމާކުރުން
ރ.މާކުރަތުގެ މޮނިއުމަންޓް ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިފުރުޞަތުގައި އެންމެ ރަނގަޅު މޮނިއުމަންޓް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 2500.00 (ދެހާސް ފަސްސަތޭކަ ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ކުރުމުގެ ފުރުޞަތު ހުރިހާ ޢުމުރުފުރައަކަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، ރ.މާކުރަތުގެ މޮނިއުމަންޓް ފަރުމާ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފަރުމާކޮށްފައިވާ މޮނިއުމަންޓް ހުށަހެޅުއްވުން އެދެމެވެ. މޮނިއުމަންޓް ފަރުމާކޮށް ހުށަހަޅުއްވާނީ "ރަށުގެ މޮނިއުމަންޓް ފަރުމާކުރުމުގެ މަޢުލޫމާތު ކަރުދާސް" ގައިވާ ގޮތަށެވެ. މި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ވަނީ އާންމު ކުރެވިފައެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
17 ޖޫން 2026