ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2026/40
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި:
02 ޖުލައި 2026 12:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަށުކަމާކެމީގެ ޕޫލް އަދި ކަށްވަޅު ކޮނެދޭ ފަރާތްތަކުގެ ޕޫލް އެކުލަވާލުމާއި ގުޅޭ
ކަށުކަމާކެމީގެ ޕޫލް އަދި ކަށްވަޅު ކޮނެދޭ ފަރާތްތަކުގެ ޕޫލް އެކުލަވާލުމާއި ގުޅޭ:
ކަށުކަމާކެމީގެ ކަންތައްތައް ކުރުމަށާއި، ކަށްވަޅު ކޮނެދޭނެ މީހުން ހޯދުމަށް މި ކައުންސިލުން ވަނީ ޕޫލެއް އެކުލަވާލަން ނިންމާފައެވެ.
ވީމާ، ކަށުކަމާކެމީގެ ޕޫލް އަދި ކަށްވަޅު ކޮނެދޭ ފަރާތްތަކުގެޕޫލުގައި ބައިވެރިވުމަށް އެދޭ، ތިރީގައި މިދަންނަވާ ޝަރުޠު ހަމަވާ ފަރާތްތަކުން 02 ޖުލައި 2026 ގެ 14:00ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު އެކަމަށްއެދި ސީޓީ އަކުން ހުށައެޅުން އެދެމެވެ. އަދި ކަށުކަމާކެމީގެ ހުއްދަ (ސެޓްފިކެޓް) އޮތް ފަރާތްތަކުން ހުއްދައިގެ ކޮޕީ ހުށައަޅަންވާނެއެވެ.
ޕޫލްގައި ބައިވެރިވުމުގެ ޝަރުތުތައް:
- މުސްލިމަކު ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- ބުއްދި ސަލާމަތުން ހުރުން
- ދިވެހި ރައްޔިތެއްކަމުގައިވުން
- ކަށުކަމާކެމީގެ ކަންތައް ރަނގަޅަށް ދަންނަ މީހަކު ކަމުގައިވުން (ކަށުކަމާކެމީގެ ޕޫލްގައި ރަޖިސްޓުރީވާ ފަރާތްތަކުން)
17 ޖޫން 2026