ދިވެހިރާއްޖެ
މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައި، އެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްދޭނެ ކްލަބް ޖަމިއްޔާއެއް ހޯދުމަށް ކައުންސިލްގެ 5 ދައުރުގެ 4 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.
ވީމާ، ކައުންސިލާއި ގުޅިގެން މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްދިނުމަށް ޝައުގުވެރިކަން ހުރި ކުލަބް/ޖަމިއްޔާތަކުން 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާގެ [email protected] މެއިލްއަށް މެއިލްކޮށް ދެއްވުން އެދެމެވެ. ރަޖިސްޓްރީ ވާ ފަރާތްތަކަށް މިކަމާއި ގުޅިގެން ތައްޔާރުކުރެވިފައިވާ މައުލޫމާތް ކަރުދާސް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތް ކަރުދާހާގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ 24 ޖޫން 2026 ވާ ބުދަ ދުވަހުގެ 13:00 ކުރިން މަތީގައިވާ މެއިލްއަށް މެއިލްކޮށް ދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ 25 ޖޫން 2026 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމަގައެވެ.
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.