ދިވެހިރާއްޖެ
ނަންބަރ: (IUL)GS-01/GS-01/2026/17
|
ވަޒީފާ އިއުލާން
|
|||||||||
|
މަޤާމު: |
ސްކޫލް ސަޕޯޓް އެސިސްޓެންޓް ގްރޭޑް 1 |
||||||||
|
މަޤާމުގެ ނަންބަރު: |
J-427111 |
||||||||
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||
|
މަޤާމުގެ ރޭންކު: |
ރޭންކް 1 - ސްޓެޕް 1 |
||||||||
|
ޕަބްލިކް ސަރވިސް ރޭންކް |
ޕަބްލިކް ސަރވިސް ރޭންކު 1 |
||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ބ.އަތޮޅު ތައުލީމީ މަރުކަޒު، ބ.އޭދަފުށި |
||||||||
|
މުސާރަ އާއި އެލަވަންސްތައް: |
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފާ އުޞޫލުން އިތުރުގަޑީގެ ފައިސާ. - ދިވެހި ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން |
||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ސްކޫލްގެ ރަސްމީ މަސައްކަތް އޮންނަ ކޮންމެ ދުވަހަކު ސްކޫލްގެ އޮފީސް ފޮޅައި ސާފު ކުރުން. 2. ސްކޫލުގެ ގޯތިތެރޭގައި ބަޖީޗާ ހައްދައި، ގަސްތަކަށް ފެންދީ ގަސްކޮށާ ހެދިފައިވާ ޝެޑިއުލާ އެއްގޮތަށް ގަސްތަކަށް އަދި ގޯތިތެރެއަށް ފެންޖެހުން. 3. ކްލާސްރޫމްތަކާއި، އޮފީސް އަދި އެހެނިހެން އިމާރާތްތަކުގެ ދޮރުތަކާއި ދޮރުފަތްތަކުގެ ބިއްލޫރިތަކާއި ފަންކާތައް ފޮޅާ ސާފުކުރުން. 4. ސްކޫލް އިމްރާތުގެ އެންމާ ފާޚާނާތައް ސާފު ކުރުމާއި، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި، ކަނޑައެޅިފައިވާ މިންގަނޑުތަކަކާ އެއްގޮތަށް ބެހެއްޓުން. 5. އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ލިޔެކިއުމާއި އެހެނިހެން ތަކެތި ގެންދިއުމާއި، ގެނައުން. 6. ސްކޫލްގެ އިމާރާތުގެ ތެރޭގައި ކުނިބުނީގެ ގޮތުގައި އުކާލަންޖެހޭ ތަކެތި އުކާލުން. 7. ސްކޫލް ހުޅުވުމުގެ ކުރިން ސްކޫލްގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު އަދި ސިޑިތައް ކުނިކަހައި ސާފުކުރުމަށް އަދި ކުނިތައް ނަގައި ސާފުކުރުން. 8. ސްކޫލްގައި ބޭއްވޭ އެކިއެކި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކަށް ތަން ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން. 9. ހެދިފައިވާ ޝެޑިއުލާއި ސުޕަވައިޒަރުގެ އިރުޝާދުގެ މަތީން ފާޚާނައަށް އަންނަ ކުދިންނަށް އެހީތެރިވެދިނުން. 10. ކޮންމެ ސެޝަނެއް ނިމުމުން ކްލާސްތަކާއި ސްކޫލް ސަރަހައްދު ސާފުކުރުން. |
||||||||
|
މަޤާމުގެ ޝަރުޠުތައް: |
1- ލިޔަން ކިޔަން އެނގުން. ނުވަތަ 2- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||||||||
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް: |
ނެތް |
||||||||
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: |
1. ލިޔެކިޔުން ބެހުމާއި އިމާރާތާއި މުދާ ބެލެހެއްޓުމާއިގުޅޭ މަސައްކަތްތައް. 2. ކުނިކަހާ ފޮޅާ ސާފު ކުރުމާއި މެއިންޓަނެންސް މަސައްކަތްތައް. |
||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ. |
||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖޫން 2026 ގެ 12:00 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ. https://forms.gle/S4DnsGhWMAUc63EUA
|
||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 ޖޫން 2026 އާއި 30 ޖޫން 2026 އާ ދެމެދު، ބ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ. މި އިންޓަވިއު އޮންނާނެ ދުވަހަކާއި ގަޑި ކެނޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއި އެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއަށް ހާޒިރުވުމަށް ތައްޔާރުވެ ތިއްބެވުން އެދެމެވެ. |
||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6608330 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ. |
|||||||||