ދިވެހިރާއްޖެ
އިޢުލާން
ހދ. ނައިވާދޫ ކައުންސިލްގެ ތިންވަނަ މިނިވަން ވޮލީ މުބާރާތް 2026ގަ ކުރިއަށްދާ ވަގުތު ކެންޓީން ހިންގުމަށް ގޮޅި ދޫކުރުމާ ގުޅޭ!
ހދ. ނައިވާދޫ ކައުންސިލްގެ ތިންވަނަ މިނިވަން ވޮލީބޯޅަ މުބާރާތް 2026 ކުރިޔަށްދާ ވަގުތު އެސަރަހައްދުގައި ކެންޓީންގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ކެންޓީން ހެދުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 20 ފޫޓް 15 ފޫޓް ގެ 4 ގޮޅިއެވެ. މުޅި މުބާރާތަށް، ކެންޓީން ހެދުމަށް ކޮންމެ ގޮޅިއަކަށް އެންމެ ކުޑަވެގެން ލެވޭނެ އަގަކީ 1500/-ރ އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖޫން 24 ވާ ބުދަ ދުވަހުގެ ހެނދުނު 10:45 އަށް މިކަމަށް އިދާރާއަށް ދުރުވެ އަގު ހުށަހެޅުން އެދެމެވެ. އަގު ހުށަހަޅާނީ މިކަމަށް ހާއްސަ ކުރެވިފައިވާ ބީލަން ހުށަހަޅާ ފޯމުންނެވެ. ހުށަހަޅާ އަގުތަށް ކެނޑުން އޮންނާނީ އަގު ހުށަހަޅާ ފަރާތްތަކުގެ އެއް ހާޟިރުގައި 2026 ޖޫން 24 ވާ ބުދަ ދުވަހުގެ ހެނދުނު 10:45 ގައި މިއިދާރާގައެވެ.
ކެންޓީން ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެރުވޭ ކޮޓޭޝަން ހުށަހެޅުމަށް ދެވޭ އިރުޝާދާއި ބީލަން ހުށަހަޅާ ފޯމު މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ޖޫން 2026