ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގައި މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން ބައިވެރިވާ ކެންޑިޑޭޓުން ، އިޢުލާނުގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ފޯމު ލިންކު: https://forms.gle/8PUVu4TVLRnwA8hn8
ނޯމަލް އެންޓްރީ އެޕްލިކޭޝަނަށް އެދުމުގެ މުއްދަތަކީ 2026 ޖޫން 15 ވާ ހޯމަ ދުވަހުން ފެށިގެން 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހަށެވެ. އެޕްލިކޭޝަންތަކުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. ބަންޑޭރި ޕޭ ޕޯޓަލްއިން ފައިސާ ދައްކާނެ ގޮތުގެ ގައިޑްލައިން މަތީގައިވާ ލިންކުގައި ހިމަނާފައި ވާނެއެވެ.
* ބަނޑޭރިޕޭ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެންމެ ފަހު ވަގުތަކީ 2026 ޖުލައި 16ވާ ބުރާސްފަތި ދުވަހުގެ 23:59 އެވެ.