ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2026/ 19
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 30 ޖޫން 2026 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ ސެކިއުރިޓީ އޮފިސަރ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

 ސީނިއަރ ސެކިއުރިޓީ އޮފިސަރ

ރޭންކް:

 MS1/B

ސެކްޝަން/ޑިޕާޓްމަންޓް

 އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް

ބޭނުންވާ ޢަދަދު:

 4

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި  7 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސާޖަންޓް އެޓް އާމްސް ނުވަތަ އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް ހިންގުމާ ހަވާލުވެހުރި ވެރިއެއްގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ވާޖިބާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުން،
  • ސާޖަންޓް އެޓް އާމްސް ނުވަތަ އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް ހިންގުމާ ހަވާލުވެހުރި ވެރިއެއްގެ  ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލިސްކުރާގެ އާއި މަޖިލީހުގެ އިދާރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، މަޖިލީހާއި މަޖިލީހުގެ އިދާރާގެ ކަރާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށްޓަކައި ގެންގުޅެންޖެހޭ އުސޫލުތަކާއި ހިފަހަންޓަންޖެހޭ ހަމަތައް ތަންފީޒުކުރުވުމުގެ މަސައްކަތްކުރުން.

މަޤާމާ ގުޅޭ ޚާއްޞަ ޝަރުތު އަދި ޝަރުތުހަމަވާފަރާތްތައް ޝޯޓްލިސްޓްކުރުމަށް ހަމަޖެހިފައިވާގޮތް

  • މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މި ވަގުތު ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ  ފަރާތްތައް ފިޔަވައި އެހެން ފަރާތެއްނަމަ، އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، ދިވެހި ފުލުހުންގެ ޚިދްމަތް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބޭސިކް ޓްރެއިނިންގް ފުރިހަމަކުރުމަށްފަހު މަދުވެގެން 3 އަހަރު  ދުވަހު މަސައްކަތު ތަކުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި ކޮށްފައިވާ ޚިދުމަތް ކަމުގައި ބަލާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިންޓަނަލް ސެކިއުރިޓީ އެންޑް އެސްކޮޓް ސަރވިސަސް، ޤައުމީ ދިފާޢީ ބާރު، ދިވެހި ފުލުހުންގެ ޚިދްމަތް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އަދާ ކޮށްފައިވާ ޚިދުމަތަށެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މި އިދާރާއިންދޭ ޕްރެޓިކަލް ޓެސްޓުން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމަށް 25%، ތަޖުރިބާ އަށް 15%، ތިއަރީ ޓެސްޓަށް 20%  ދިނުމުން އެންމެ ގިނަ މާކްސް ލިބޭ 20 ފަރާތެވެ. އިންޓަވިއުއަށް ކަނޑައެޅިފައިވަނީ %40 އެވެ.

މުސާރަ:

  • މަހަކު 9,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ސާވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ހަމަޖެހިފައިވާ އުސޫލުން 4,400 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:    

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މިއިދާރާގައި މަސައްކަތްކުރާކަމުގެ ތަޖުރިބާގެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެ)
15 ޖޫން 2026