ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2026/ 18
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 30 ޖޫން 2026 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ލީގަލް އޮފިސަރ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

 ލީގަލް އޮފިސަރ

ރޭންކް:

 MS2/B

ސެކްޝަން/ޑިޕާޓްމަންޓް

 ކޮމިޓީސް އެންޑް ރިސަރޗް ސެކްޝަން- ލެޖިސްލޭޓިވް އެފެއާޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޤާނޫނީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އެ މުވައްޒަފަކާ ޙަވާލުކުރެވިފައިވާ ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްކުރުން.
  • ކޮމިޓީތަކުން ދިރާސާކުރާ ބިލާ ގުޅޭގޮތުން މަޖިލީހުގައި މެންބަރުން ފާޅުކޮށްފައިވާ ޚިޔާލުތަކުގެ ތެރެއިން އެ ބިލަކާ ގުޅޭގޮތުން ފާޅުކުރެވޭ ޚިޔާލުތައް މަޢުލޫމާތު ކަރުދާހުގެ ގޮތުގައި ތައްޔާރުކޮށް އެ ކަރުދާސް ކޮމިޓީއަށް ގެންދިއުން.
  • ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު އެކޮމިޓީއެއްގެ ބައްދަލުވުމެއް އޮންނާނެވާހަކަ މެންބަރުންނަށް؛ އެސް.އެމް.އެސުން ދެންނެވުން އަދި އެކޮމިޓީގެ ބައްދަލުވުމަށް މެންބަރުން ވަޑައިގަންނަވާތޯ ބެލުމަށް ފޯނުން ގުޅުން.
  • ބިލު ނުވަތަ މައްސަލައަކާ ގުޅޭގޮތުން ކޮމިޓީގެ ބައްދަލުވުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުން.
  • މަޖިލީހުގެ ޖަލްސާއަށް ބޭނުންވާ ލިޔެކިޔުންތައް ޑްރާފްޓްކުރުން.
  • ކޮމިޓީގެ ބައްދަލުވުމުގައި އިދާރީގޮތުން އެހީތެރިވުން.
  • ކޮމިޓީގެ ބައްދަލުވުން ނިމުމުން އެބައްދަލުވުމެއްގެ ޚުލާޞާ ތައްޔާރުކުރުން.
  • ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ކެންސަލްވެއްޖެނަމަ އެވާހަކަ އެސް.އެމް.އެސުން ނުވަތަ ފޯނުން ގުޅައިގެން މެންބަރުންނަށް ދެންނެވުން.
  • މަޖިލީހުގެ ކޮމިޓީތަކަށް ބޭނުންވާ އެކިއެކި ފަންނީ މަސައްކަތްކުރުން.
  • މަޖިލީހުގެ ކޮމިޓީތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެކިއެކި މަސައްކަތް ރާވައި، ހިންގައި ވިލަރެސްކުރުން.
  • ކޮމިޓީން ބިލު ދިރާސާކޮށް ފުރިހަމަކުރުމުން، އެބިލާގުޅޭގޮތުން މަޖިލީހަށް ހުށަހަޅާ ރިޕޯޓާއެކު ފޮނުވުމަށްޓަކައި އެބިލެއް ދިރާސާކުރި ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.
  • ކޮމިޓީން ދިރާސާކޮށް ފުރިހަމަކުރެއްވި ބިލާއި މައްސަލަ ޤަރާރު، އަދި އެ ބިލު، މައްސަލަ ނުވަތަ ޤަރާރު ނިންމެވިގޮތުގެ ރިޕޯޓާއި، ދިރާސާކުރެއްވި ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ ރިޕޯޓު އަދި އިޞްލާޙުކުރެއްވިގޮތުގެ ތާވަލު މަޖިލީހަށް ހުށަހެޅުމަށްޓަކައި ޓޭބަލް އޮފީހާ ހަވާލުކުރުން.
  • ކޮމިޓީތަކުގެ ލިޔެކިޔުންތައް ފައިލް ކުރުން.
  • ކޮމިޓީކުރާ ކޮޓަރީގައި ބޭއްވޭ، އެމުވައްޒަފަކާ ޙަވާލުކުރެވިފައިވާ ކޮމިޓީތަކުގެ އޯޑިއޯ ކޮންމެ ދައުރެއް ނިމުމުން ކަމާގުޅޭ ސެކްޝަނާ ޙަވާލުކުރުން.
  • ކޮމިޓީތަކާ ގުޅޭގޮތުން އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކުރުން.
  • ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކުރުން.

މުސާރަ:

  • މަހަކު 10,750 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ސާވިސް އެލަވަންސްގެ ގޮތުގައި 4,400 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:    

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ (ވަޒީފާ އަދާކުރާ ފަރާތުން ދޫކޮށްފައިވާ) ލިޔުންތަކުގެ ކޮޕީ

    

ނޯޓް: މިމަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

15 ޖޫން 2026