ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2026/67
އިޢުލާން
ހޮސްޕިޓަލުގެ އޮކްސިޖަން ޕްލާންޓް ބެހެއްޓިފައިވާ ތަނުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލުގެ އޮކްސިޖަން ޕްލާންޓް ބެހެއްޓިފައިވާތަން ބޮޑުކުރުމަށް ކުރަންހުރި މަރާމަތުގެ މަސައްކަތް ހޮސްޕިޓަލުން ދެވޭ މަޢުލޫމާތާއި، އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 18 ޖޫން 2026 ވަނަދުވަހުގެ 11:00 އަށް ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން ބިޑުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ދިނުމާއި ބިޑުގައި ރަޖިސްޓްރީކުރުން 18 ޖޫން 2026، 11:00 އަށް
އަންދާސީ ހިސާބް ހުށަހެޅުން: 30 ޖޫން 2026، 11:00 ގައި
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)