ދިވެހިރާއްޖެ
އއ. ބޮޑުފޮޅުދޫ ކައުންސިލްގެ އެއްގަމުގައި ދުއްވާ އުޅަނދުތައް ބަހައްޓާނެ ގަރާޖެއް ހަދައިދިނުމުގެ މަސއްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ގަރާޖް ހެދުމާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން 2026 ޖޫން 21 ވާ އާދިއްތަ ދުވަހުގެ 13:00ގައި އއ.ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.
މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2026 ޖޫން 25ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2026 ޖޫން 25ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.
ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.