ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-HR/1/2026/63
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 14 އޮގަސްޓް 2026 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރީ-އެމްޕްލޯއިމަންޓް ޤާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ރީ-އެމްޕްލޯއިމަންޓް ޤަވާއިދުގެ ދަށުން ވަޒީފާގެ ފުރުޞަތު ހުޅުވާލުން

ވަޒީފާގެ ފުރުޞަތު

ތާރީޚް

 14 ޖޫން 2026

ނަންބަރު

(IUL)168-HR/1/2026/63 

 

އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމަށްފަހުވެސް ވަޒީފާގައި ދެމިތިބުމަށް އެދޭ މުވައްޒަފުންނާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބްރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އުމުރުން 65 (ފަސްދޮޅަސް ފަހެއް) ފުރުމުގެ ސަބަބުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް ޤާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގަވާއިދުގެ ދަށުން ވަޒީފާގެ ފުރުޞަތު ހުޅުވާލުން. 

 

ޝަރުޠު: 

  1. ވަޒީފާ އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން،
  2. ވަޒީފާއިން މުސްކުޅިކުރެވިފައިވާ ފަރާތެއް ނަމަ، ވަޒީފާއަށް އެދޭ ތާރީޚުން ފެށިގެން އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ދޭތެރޭގައި މަދުވެގެން 13 (ތޭރަ) މަސްދުވަސް އޮތް ފަރާތަކަށްވުން،
  3. ވަޒީފާ އަދާކުރި އިދާރާގެ އޮނިގަނޑުގައި ޝަރުތު ހަމަވާ ހުސް ވަޒީފާއެއް އޮތުން،
  4. ވަޒީފާއަށް އެދޭ ފަރާތަކީ ކުރިމަތިލާ މަޤާމުގެ ޝަރުތުހަމަވާ ފަރާތަކަށްވުން. (އެ މަގާމަށް ކަނޑައަޅައިފައިވާ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.)
  5. އެންމެފަހުން ވަޒީފާ އަދާކުރިއިރު، އަޚުލާޤީ މިންގަނޑުތައް ހިފަހައްޓައިފައިވުން.
  6. ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާ ނުވަތަ 23 ވަނަ މާއްދާގެ ދަށުން ކޮމިޝަނުގެ ވަޒީފާއިން ވަކިކޮށްފައިވާ މީހަކު ކަމުގައި ނުވުން.

 އެ މަގާމަށް ކޮމިޝަނުން ކަނޑައަޅައިފައިވާ މިނޫންވެސް އިތުރު ޝަރުތުތައް ފުރިހަމަވުން.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަކޮށްފައިވާ އުމުރުން 65 އަހަރު ވުމަށްފަހު ރީ-އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާގައި ދެމިހުރުމަށް އެދި ހުށަހަޅާ ފޯމު، ނުވަތަ އުމުރުން 65 އަހަރު ވެގެން ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތްތަކުން ރީ-އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު .(ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހެޅަންޖެހޭ ތަކެތި ހުށަހެޅުމާއެކު ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ޞިއްޙީ ހާލަތާ ގުޅިގެން ރީ-އެމްޕްލޮއިމަންޓް ޤާނޫނުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރުމުގެގަވާއިދުގެ ފަސްވަނަ ބާބުގައި އެކަށައަޅައިފައިވާ ލުއި ފަސޭހަ މިންގަނޑުގެ ތެރެއިން ލުޔަކަށް އެދޭ ނަމަ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ޞިއްޙީ ހާލަތު ބަޔާންކުރާ ޞިއްޙީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިޔަކު ދޫކުރާ ލިޔުމެއް ނުވަތަ ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަރުކަޒަކުން ޞިއްޙީ މަސައްކަތްތެރިޔަކު ދޫކުރާ ލިޔުމެއް؛
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ (ރިފަރެންސް) ލިޔުން ނުވަތަ ރެކޮމެންޑޭޝަން ލިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި:

 2026 އޮގަސްޓު 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

އެހެނިހެން:

  1. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  2. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  3. ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form) އަދި މި ޢިއުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
  4. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  5. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ނޯޓް: މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެއަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf) ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ރީ-އެމްޕްލޮއިމަންޓް ޤާނޫނުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރުމުގެ ގަވާއިދު އަދި މި ގަވާއިދުގެ ދަށުން ވަޒީފާއަށް އެދޭ ފޯމް މި ޢިއުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

15 ޖޫން 2026