ދިވެހިރާއްޖެ
-
އަމިއްލަ ތަކެތީގައި، ތުޅާދޫ ސްކޫލްގެ ލައިބްރަރީގައި ފޮތްހަރުތަކެއް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
-
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
-
ބިޑް ރެޖިސްޓްރޭޝަން ލިންކް: https://forms.gle/4UmCGFdwMStPSvNq8
-
ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
-
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 24 ޖޫން 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7339322 އަށް ވައިބަރ ކުރެއްވުން އެދެމެވެ.
-
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ތުޅާދޫސްކޫލްގެ މީޓިންގ ރޫމުގައެވެ. ބިޑް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހަޅުއްވަން ދުރުވާނަމަ، ބިޑް ހުށަހަޅުއްވަނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ވަޑައިގަތުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތުޅާދޫ ސްކޫލް
ބ. ތުޅާދޫ، ދިވެހިރާއްޖެ.
ފޯން: 6600136 / 7339322
އީ-މެއިލް: [email protected]