ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަސްރޭސް އޮންނާނީ 2026 ޖޫން 19 ވާ ހުކުރު ދުވަހު 15:00 އން ފެށިގެން 21:00 އަށެވެ.
މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2026 ޖޫން 18 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.
މި މަސްރޭހުގެ ވަނަތަކަށް ކަނޑައެޅިފައިވާ އިނާމް ތަކަކީ:
މުޅި މަސްރޭހުން 1 ވަނަ ޓީމަށް: 30000.00 (ތިރީސްހާސް) ރުފިޔާ
މުޅި މަސް ރޭހުން 2 ވަނަ ޓީމަށް: 25000.00 (ފަންސަވީސްހާސް) ރުފިޔާ
މުޅި މަސްރޭހުން 3 ވަނަ ޓީމަށް: 20000.00 (ވިހިހާސް) ރުފިޔާ
އެންމެ ބަރުމަސް ބޭނި ފަރާތަށް: 5000.00 (ފަސްހާސް) ރުފިޔާ
މި މުބާރާތުގެ ޤަވާއިދާއި ފޯމް މި އިދާރާއިންނާއި، މިއިދާރާގެ ވެބްސައިޓް kudahuvadhoo.gov.mv އިން ލިބިވަޑައިގަންނަވާނެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9555560 އަށް ގުޅުއްވުން އެދެމެވެ.