|
އެންޓިކޮރަޕްޝަން ކޮމިޝަން
މާލެ، ދިވެހިރާއްޖެ
|
|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
28 ޛުލްޙިއްޖާ 1447
14 ޖޫން 2026
|
|
ނަންބަރު:
|
(IUL)123-HR/123/2026/80
|
|
މަޤާމް:
|
ލީޑް އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
މަޤާމުގެ ރޭންކް:
|
ޕަބްލިކް ސަރވިސް ރޭންކް 9 – ސްޓެޕް 1
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ
|
|
ސެކްޝަން:
|
އެޑްމިނިސްޓްރޭޓިވް
|
|
މުސާރަ:
|
-/13،560 (ތޭރަ ހާސް ފަސް ސަތޭކް ފަސްދޮޅަސް ރުފިޔާ)
|
|
މަޤާމުގެ އެލަވަންސް:
|
-/6،330 (ހަ ހާސް ތިން ސަތޭކަ ތިރީސް ރުފިޔާ)
|
|
އެހެނިހެން އެލަވަންސް:
|
ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/170 ރުފިޔާ
|
|
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ޝަރުތު:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)
|
|
މަގާމުގެ މަސައްކަތްތަކާގުޅޭ ތަޢުލީމީ ދާއިރާތައް
އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް.
ޕަބްލިކް މެނޭޖްމަންޓް، މެނޭޖްމަންޓް.
ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް.
|
|
މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:
|
އެޑްމިނިސްޓްރޭޝަނާ ގުޅޭ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް.
|
|
މައިގަނޑު މަސައްކަތް:
|
- ކޮމިޝަނުގެ އަމާޒާއި ތަސައްވުރަށް ވާސިލުވުމުގެ ގޮތުން، ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވައިލައި ކޮމިޝަނުގެ ސިޔާސަތުތަކަށް ވާސިލުވެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރުން.
- ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް)، ތަންފީޒުކުރުމާއި ވިލަރެސް ކުރުމަށް އިދާރީގޮތުން އެންމެހައި ކަންކަން އިންތިޒާމުކުރުމާއި، ނަތީޖާ ނެރެވޭ މިންވަރު ވަޒަންކުރުން.
- އަހަރީ ރިޕޯޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ދުވަހަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއި ޝާއިޢު ކުރުން.
- އެޑްމިން ސެކްޝަންގެ މަސައްކަތްތައް ނަތީޖާ ހާސިލްކުރެވޭނެ ފަދަ ގޮތަކަށް ޕްލޭންކޮށް ޓާގެޓްތައް ކަނޑައަޅައި އެ ޓާގެޓްތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ދާކަން ކަށަވަރުކުރުން.
- އެޑްމިންގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ހޯދައި ދެނެގަނެ، އެކަންކަން ސްޕަވައިޒަރަށް ހުށަހަޅައިގެން ތަންފީޒުކުރުމަށް މަސައްކަތްކުރުން.
- ކޮމިޝަން ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.
- ކޮމިޝަނުގެ މުވައްޒަފުންނަށް ވޯކްސްޓޭޝަން ހަމަޖެއްސުމާއި މުވައްޒަފުން އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
- އޮފީހުގެ ޢިމާރާތާއި ތަކެތި ބެލެހެއްޓުމާއި އޮފީސް ސާފުތާހިރުކޮށް ބެލެހެއްޓުން.
- އޮފީހުގެ ސްޓޮކް ބެލެހެއްޓުމާއި ކޮމިޝަން ހިންގުމަށާއި ޚިދުމަތްތަކަށް ބޭނުންވާތަކެތި ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
- ކޮމިޝަނުގެ ހަރުމުދާ ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
- އޮފީހުގެ ވެހިކަލްތައް ބެލެހެއްޓުމާއި ވެހިކަލްތަކުން މުވައްޒަފުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
|
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:
|
- ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
- މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ 10% )
- އިމްތިޙާން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
- އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )
|
|
އެޕްލިކޭޝަން ސުންގަޑި:
|
21 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
|
|
ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )
|
|
އިތުރު މަޢުލޫމާތު:
|
- ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް، މަޤާމުގެ ޝަރުތު ހަމަވާނަމަ، ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
- މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަތޯ ނުވަތަ ހުށަހަޅާފައިވަނީ ރަނގަޅު ލިޔެކިއުންތައްކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
- މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
- ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
|
|
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015217 / 3015265
އީމެއިލް: [email protected]
|