|
އެންޓިކޮރަޕްޝަން ކޮމިޝަން
މާލެ، ދިވެހިރާއްޖެ
|
|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
28 ޛުލްޙިއްޖާ 1447
14 ޖޫން 2026
|
|
ނަންބަރު:
|
(IUL)123-HR/123/2026/78
|
|
މަޤާމް:
|
ކޮރަޕްޝަން ޕްރިވެންޝަން އޮފިސަރ
|
|
މަޤާމުގެ ރޭންކް:
|
ޕަބްލިކް ސަރވިސް ރޭންކް 5 – ސްޓެޕް 1
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ
|
|
ސެކްޝަން:
|
ރިސަރޗް އެންޑް ޕޮލިސީ
|
|
މުސާރަ:
|
-/9,550 (ނުވަ ހާސް ފަސް ސަތޭކަ ފަންސާސް ރުފިޔާ)
|
|
މަޤާމުގެ އެލަވަންސް:
|
-/2,865 (ދެ ހާސް އަށް ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
|
|
އެހެނިހެން އެލަވަންސް:
|
ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/80 ރުފިޔާ
|
|
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ޝަރުތު:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)
|
|
މަގާމުގެ މަސައްކަތްތަކާގުޅޭ ތަޢުލީމީ ދާއިރާތައް
އެންޓި-ކޮރަޕްޝަން ސްޓަޑީސް، ޑިޕްލޮމަސީ، ރިސަރޗް، ފިލޯސޮފީ، ޝަރީޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، އެޑްވޮކަސީ، ޕަބްލިކް ޕޮލިސީ، ޕޮލިޓިކަލް ސައިންސް، ގަވަރނަންސް، ހިއުމަން ރައިޓްސް، ސޯޝަލް ސައިންސް، ސޯޝިއޮލޮޖީ، ސައިކޮލޮޖީ.
އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް، އިންޓަރނޭޝަނަލް ކްރިމިނަލް ލޯ، އެކައުންޓިންގ، އޮޑިޓިންގ، ޕަބްލިކް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް މާކެޓިންގ، ފައިނޭންޝަލް ޕްލޭނިންގ، ކޯޕަރޭޓް ފައިނޭންސް، ބޭންކިންގ، އިސްލާމިކް ފައިނޭންސް، ފައިނޭންޝަލް އިންޖިނިއަރިންގ، ފައިނޭންޝަލް އިކޮނޮމިކްސް، ގަވަރނަންސް، ފިލޯސަފީ އެންޑް އެތިކްސް.
ފޮރެންސިކް، ފޮރެންސިކް ސައިންސް، ޑިޖިޓަލް ފޮރެންސިކްސް، ފޮރެންސިކް ކޮމްޕިއުޓިންގ، ފޮރެންސިކް އިންވެސްޓިގޭޝަން، ފޮރެންސިކް އެކައުންޓިންގ، ކްރިމިނޮލޮޖީ.
އިންޓެލިޖެންސް، ކްރައިމް ޖަސްޓިސް، ކޯޕަރޭޓް އިންވެސްޓިގޭޝަން، ގަވަރނަންސް، އެޑްމިނިސްޓްރޭޓިވް އިންވެސްޓިގޭޝަން، ޖަސްޓިސް، ލޯ، އިންވެސްޓިގޭޝަން، ކްރިމިނޮލޮޖީ، އިކޮނޮމިކްސް، ޑިވެލޮޕްމަންޓް ސްޓަޑީޒް.
|
|
މައިގަނޑު މަސައްކަތް:
|
- ކޮމިޝަނުން ކުރުމަށް ކަނޑައަޅާ ދިރާސާތައް، ރިސްކްއެސެސްމަންޓް އަދި ސަރވޭތައް ހިންގުމުގައި އެހީތެރިވުމާއި ކަމާގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
- ދިވެހިރާއްޖޭގައި ކޮރަޕްޝަނުގެ ކުށް ކުރާ ގޮތްތަކުގައި ހުރި އެއްގޮތްކަންކަމާއި އަންނަ ބަދަލުތަކާއި، ލިބޭ ގެއްލުންތައް ޝާއިޢުކުރުމަށް އެހީތެރިވުން.
- ކޮމިޝަނުގެ ތަފާސްހިސާބު ނިޒާމްގެ ދަށުން ތައްޔާރުކުރަންޖެހޭ އެންމެހާ ތަފާސްހިސާބު އެއްކޮށް، މުރާޖަޢާކޮށް، ބަލަހައްޓައި ޢާންމުކުރަންޖެހޭ ތަފާސްހިސާބު ރިޕޯރޓްތައް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެމަތިން ނުވަތަ ކޮންމެ ކުއަރޓަރއަކު ނުވަތަ ކޮންމެ އަހަރަކު ތައްޔާރުކުރުމާއި ޝާއިޢުކުރުން.
- މަސައްކަތާގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓު، ކޮންސެޕްޓް، ކުއާޓަރލީ ނިއުސްބްރީފް، ހުދުކަރުދާސް، ސިޓީ، މެސެޖް، އީމެއިލް އަދި މި ނޫންވެސް ތަފާތު ލިޔުންތައް ތައްޔާރު ކުރުމާއި، ކޮމިޝަނުން ފޮނުވަންޖެހޭ މިފަދަ ތަކެތި ފޮނުވުމާއި، ޑިސްޕެޗްކުރުން.
- ރިސާރޗް ސެކްޝަންގެ މަސައްކަތާގުޅޭގޮތުން ބާއްވަންޖެހޭ ބައްދަލުވުންތައް ރާވާ އިންތިޒާމްކުރުމާއި ބައްދަލުވުންތަކުގެ މިނިޓްސް/ނޯޓްސް ނަގައި ޑޮކިއުމަންޓްކޮށް ބެލެހެއްޓުން.
|
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:
|
- ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
- މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ 10% )
- އިމްތިޙާން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
- އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )
|
|
އެޕްލިކޭޝަން ސުންގަޑި:
|
21 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
|
|
ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )
|
|
އިތުރު މަޢުލޫމާތު:
|
- ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް، މަޤާމުގެ ޝަރުތު ހަމަވާނަމަ، ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
- މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަތޯ ނުވަތަ ހުށަހަޅާފައިވަނީ ރަނގަޅު ލިޔެކިއުންތައްކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
- މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
- ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
|
|
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015217 / 3015265
އީމެއިލް: [email protected]
|