ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)123-HR/123/2026/77
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި: 21 ޖޫން 2026 14:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ފައިނޭންސް

މަޤާމް :ޑިރެކްޓަރ ފައިނޭންސް
ބޭނުންވާ އަދަދު :1

 

އެންޓިކޮރަޕްޝަން ކޮމިޝަން

މާލެ، ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

ތާރީޚް:

28 ޛުލްޙިއްޖާ 1447

14 ޖޫން 2026

ނަންބަރު:

(IUL)123-HR/123/2026/77

 މަޤާމް:

ޑިރެކްޓަރ ފައިނޭންސް

 މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 9 – ސްޓެޕް 1

 ވަޒީފާގެ ބާވަތް:

ދާއިމީ

 މަސައްކަތް ކުރަންޖެހޭ ތަން:

އެންޓި-ކޮރަޕްޝަން ކޮމިޝަން/ މާލެ

 ސެކްޝަން:

ފައިނޭންސް

 މުސާރަ:

-/16،080 (ސޯޅަ ހާސް އަށްޑިހަ ރުފިޔާ)

މަޤާމުގެ އެލަވަންސް:

-/7،505 (ހަތް ހާސް ފަސް ސަތޭކަ ފަސް ރުފިޔާ)

 އެހެނިހެން އެލަވަންސް:

ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/205 ރުފިޔާ

 ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުތު:

 

  1. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެމުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
  4. ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި  އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)

މަގާމުގެ މަސައްކަތްތަކާގުޅޭ ތަޢުލީމީ ދާއިރާތައް

ޕަބްލިކް ފައިނޭންސް، ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިންގ، ކޯޕަރޭޓް ފައިނޭންސް، އެކައުންޓިންގ އެންޑް ފައިނޭންސް، އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް އެންޑް މެނޭޖްމަންޓް އެކައުންޓިންގ، ޕަބްލިކް ފައިނޭންސް އެންޑް އިކޮނޮމިކްސް، ފައިނޭންޝަލް އިކޮނޮމިކްސް، ފައިނޭންޝަލް މާކެޓްސް، ފައިނޭންޝަލް އިންޖިނިއަރިންގ، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް.

އެކްއުންޓިންގ، ބޭންކިންގ، އިސްލާމިކް ފައިނޭންސް، ކޮމާސް، ބިޒްނަސް.

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

މާލީ ހިސާބު ބެލެހެއްޓުން ނުވަތަ މާލީ ޚިދުމަތްތަކުގެ ދާއިރާއާ ގުޅުންހުރި މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް.

މައިގަނޑު މަސައްކަތް:

  • ފައިނޭންސް ސެކްޝަންގެ މަސައްކަތްތައް ނަތީޖާ ހާސިލްކުރެވޭނެ ފަދަ ގޮތަކަށް ޕްލޭންކޮށް ޓާގެޓްތައް ކަނޑައަޅައި އެ ޓާގެޓްތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ދާކަން ކަށަވަރުކުރުން
  • ފައިނޭންސް ސެކްޝަންގެ މަސައްކަތްތައް ކަނޑައެޅިފައިވާ ޓާގެޓްތަކަށް ނިންމުމުގައި ދިމާވާ ދަތިތަކާއި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ސެކްރެޓަރީ ޖެނެރަލްއާއި ޙިއްޞާކޮށް، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.
  • ކޮމިޝަނުގެ ވެރިއެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ މަގުސަދު ޙާސިލުކުރުމަށާއި ނަތީޖާ ނެރުމަށް އިސްނަގާ މަސައްކަތްކުރުން.
  • ކޮމިޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓަށް ގެންނަޖެހޭ ބަދަލުތައް ގެނައުމާއި، އިތުރު ބަޖެޓް ހޯދަންޖެހޭ ނަމަ ބަޖެޓް ހޯދުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަމެއް ގަވާއިދާ އެއްގޮތަށް ކުރުމާއި، ބަޖެޓް ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނުން ހަދާ އެންމެހާ ޕަރޗޭސް އޯޑަރތައް ބަޖެޓް ހުރިކަން ކަށަވަރުކުރުމުގެ ގޮތުން ސެޕްސިސްޓަމުން އެޕްރޫވްކުރުން.
  • ކޮމިޝަނުން ހަދަންޖެހޭ އެންމެހާ ޕޭމަންޓްތަކެއް ޗެކްކުރުމާއި، ޕޭމަންޓްތަކާއި ގުޅޭ އެންމެހާ ކަމެއް ގަވާއިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނުގެ ޕޭމަންޓް ވައުޗަރ ރެޖިސްޓްރީ ތައްޔާރުކުރުމާއި، އަޕްޑޭޓްކުރުމާއި، ގުޅޭ އެންހާކަމެއް އެންމެހާ ކަމެއް ގަވާއިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނުން ފައިސާ ދައްކަންޖެހޭ ހުރިހާ ފަރާތަކަށް ފައިސާ ދެއްކޭކަން ކަށަވަރުކުރުމާއި، ހަދާ ހުރިހާ ޕޭމަންޓެއްގެ ސްޓޭޓަސް ޗެކްކުރުމާގުޅޭ ކަންކަން ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނުގެ ޕެޓީކޭޝް އަށް ފިނޭންސް މިނިސްޓްރީއިން ދޫކުރާ ފައިސާ ނެގުމާއި، އެފައިސާ އިން ކޮމިޝަނުގެ ޚަރަދުތައް ކުރުމާއި، ޕެޓީކޭޝަންގެ ކަންކަން މެނޭޖްކުރުމާއި ގުޅޭ އެންމެހާ ކަމެއް ގަވާއިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނަށް ފައިސާ ބަލައިގަތުމާއި، ރެކޯޑްކުރުމާއި އަދި ޖަމާކުރުމުގެ އެންމެހާ ކަމެއް ގަވާއިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • އެކިފަރާތްތަކުން ކޮމިޝަނަށް ލިބޭ އެހީއާއި އެހީއިން ޚަރަދުކުރުމާއި ގުޅޭ އެންމެހާ ކަމެއް ގަވާއިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނުގެ ޖީއެލްއަށް ކޮމިޝަނަށް ލިބޭ އާމްދަނީއާއި ޚަރަދުގެ އެންމެހާ ރެކޯޑްތައް އަޅާ އަޕްޑޭޓްކުރުމުގެ އެންމެހާ ކަމެއް ގަވާއިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނުގެ ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯރޓް ފޮނުވުމާއި ގުޅޭ އެންމެހާ ކަންކަން ގަވާއިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނުގެ މަސްދުވަހުގެ އާމްދަނީއާއި، ޚަރަދު ރިޕޯރޓްތަކާއި އަދި މާލީ ބަޔާންތައް ތައްޔާރުކުރުމާއި، ފޮނުވުމާއި ގުޅޭ އެންމެހާ ކަމެއް ގަވާއިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • ރަސްމީ ދަތުރުތަކުގެ ރިޕޯޓްތައް ބަލައިގަތުމާއި، ހޯދުމާއި، ރިޕޯޓްތަކުގެ ސްޓޭޓަސް ރެކޯޑް އަޕްޑޭޓްކޮށް ހިނގާ ބެލެހެއްޓުން.
  • ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމާއި، ރެކޯޑް ބެލެހެއްޓުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ގަވާއިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނުގެ އަހަރީ އޮޑިޓާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަމެއް ގަވާއިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • ސެކްޝަނުން ފޮނުވަންޖެހޭ ސިޓީތަށް ފޮނުވުމާއި، ލިބޭ ސިޓީތަކާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި، ސިޓީތަކަށް ޖަވާބުތައް ދިނުމާއި ގުޅޭ އެންމެހާ ކަމެއް ހިންގާ ބެލެހެއްޓުން.
  • މާލިއްޔަތު ގަވާއިދަށް ގެންނަ އިސްލާހްތަކާއި، މާލިއްޔަތާއި ގުޅޭ ސާކިއުލަރ ތަކާއި ގުޅިގެން ފައިނޭންސް އެގްޒެކްޓިވްގެ ލަފާގެމަތިން ސެކްޝަންތަކަށް ދޭންޖެހޭ އިރުޝާދުތައް ދިނުން
  • ކޮމިޝަނުން ހިންގާ ތަޙްޤީޤުތަކާއި ގުޅިގެން ތަޙްޤީޤް ޓީމްތަކުން ހޯދުމަށް އެދޭ ލިޔުންތައް ސެޕް ސިސްޓަމުން ނެގުން.
  • ބަލަހައްޓަންޖެހޭ މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން ޕާރފޯމަންސް އެޕްރެއިޒަލް ނިޒާމު ތަންފީޒުކޮށް މުވައްޒަފުން ޖަވާބުދާރީކުރުވުން
  • މީގެ އިތުރުން ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޝަނުން އަންގާ ކަންތައްތައް ކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
  2. މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ 10% )
  3. ޕްރެޒެންޓޭޝަން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
  4. އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )

 އެޕްލިކޭޝަން ސުންގަޑި:

21 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.

 ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
  6. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )

 

އިތުރު މަޢުލޫމާތު:

 

 

  1. ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް، މަޤާމުގެ ޝަރުތު ހަމަވާނަމަ، ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
  3. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
  4. މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
  5. ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަތޯ ނުވަތަ ހުށަހަޅާފައިވަނީ ރަނގަޅު ލިޔެކިއުންތައްކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  6. މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
  7. ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015265

އީމެއިލް: [email protected]

 

 

14 ޖޫން 2026