ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)123-HR/123/2026/76
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 21 ޖޫން 2026 14:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް ގްރޭޑް 1

މަޤާމް :އޮފީސް އެސިސްޓެންޓް ގްރޭޑް 1
ބޭނުންވާ އަދަދު :1

 

އެންޓިކޮރަޕްޝަން ކޮމިޝަން

މާލެ، ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

ތާރީޚް:

28 ޛުލްޙިއްޖާ 1447

14 ޖޫން 2026

ނަންބަރު:

(IUL)123-HR/123/2026/76

 މަޤާމް:

އޮފީސް އެސިސްޓެންޓް ގްރޭޑް 1

 މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 1 – ސްޓެޕް 1

 ވަޒީފާގެ ބާވަތް:

ދާއިމީ

 މަސައްކަތް ކުރަންޖެހޭ ތަން:

އެންޓި-ކޮރަޕްޝަން ކޮމިޝަން / ސ.ހިތަދޫ

 ސެކްޝަން:

ދެކުނު ސަރަޙައްދީ އޮފީސް

 މުސާރަ:

-/7،535 (ހަތް ހާސް ފަސް ސަތޭކަ ތިރީސް ފަސް ރުފިޔާ)

މަޤާމުގެ އެލަވަންސް:

-/2،260 (ދެ ހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ)

 އެހެނިހެން އެލަވަންސް:

ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/60 ރުފިޔާ

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ  އާއި އެހެނިހެން އިނާޔަތްތައް

 ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުތު:

 

  1. ލިޔަން ކިޔަން އެނގުން ނުވަތަ މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި  އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް

ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް / ލިޔެކިޔުން ބެހުމާއި އިމާރާތާއި މުދާ ބެލެހެއްޓުމާގުޅޭ މަސައްކަތްތައް

 

މައިގަނޑު މަސައްކަތް:

  • އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  • އޮފީހުން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީއާއި މެސެޖް ފަދަ ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
  • ތަޙްޤީޤަށް ޙާޟިރުކުރުމަށް ބޭނުންވާ މީސްމީހުންނަށް ޗިޓް ޙަވާލުކުރުމާއި މީހުން ހޯދުމުގެ މަސައްކަތްކުރުން.
  • އޮފީހުން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ އެފަރާތްތަކާ ޙަވާލުކުރުމާއި އެކަމުގައި ފައިސާއާބެހޭ ސެކްރެޓަރީ އަންގާގޮތަށް ޢަމަލުކުރުން.
  • އޮފީހަށް ބޭނުންވާ ތަކެތި ހޯދުމާއި ކޯޓޭޝަން ހޯދުމަށް މުވައްޒަފުންނަށް އެހީތެރިވެދީ އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ސެކްޝަން ހިންގުމާއި ހަވާލުވެގެން ހުންނަ ވެރިޔަކު ކޮމިޝަންގެ މަސައްކަތާ ގުޅޭގޮތުން އަންގާ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
  2. މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ )
  3. އިމްތިޙާން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
  4. އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )

 އެޕްލިކޭޝަން ސުންގަޑި:

21 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.

 ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
  6. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )

 

އިތުރު މަޢުލޫމާތު:

 

 

  1. ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް، މަޤާމުގެ ޝަރުތު ހަމަވާނަމަ، ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
  3. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
  4. މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
  5. ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަތޯ ނުވަތަ ހުށަހަޅާފައިވަނީ ރަނގަޅު ލިޔެކިއުންތައްކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  6. މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
  7. ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015265

އީމެއިލް: [email protected]

 

 

14 ޖޫން 2026