ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)123-HR/123/2026/73
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 21 ޖޫން 2026 14:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، އެންޓި-ކޮރަޕްޝަން އެކަޑަމީ

މަޤާމް :ޑިރެކްޓަރ ޖެނެރަލް، އެންޓި-ކޮރަޕްޝަން އެކަޑަމީ
ބޭނުންވާ އަދަދު :1

 

އެންޓިކޮރަޕްޝަން ކޮމިޝަން

މާލެ، ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

ތާރީޚް:

28 ޛުލްޙިއްޖާ 1447

14 ޖޫން 2026

ނަންބަރު:

(IUL)123-HR/123/2026/73

 މަޤާމް:

ޑިރެކްޓަރ ޖެނެރަލް، އެންޓި-ކޮރަޕްޝަން އެކަޑަމީ

 މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 10 – ސްޓެޕް 1

 ވަޒީފާގެ ބާވަތް:

ދާއިމީ

 މަސައްކަތް ކުރަންޖެހޭ ތަން:

އެންޓި-ކޮރަޕްޝަން ކޮމިޝަން/ މާލެ

 ޑިވިޝަން:

އެމްނާކާ

 މުސާރަ:

-/18،280 (އަށާރަ ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ)

މަޤާމުގެ އެލަވަންސް:

-/10،465 (ދިހަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

 އެހެނިހެން އެލަވަންސް:

ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/285 ރުފިޔާ

 ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުތު:

 

  1. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ  ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެމުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
  4. ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި  އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)

މަގާމުގެ މަސައްކަތްތަކާގުޅޭ ތަޢުލީމީ ދާއިރާތައް

އެންޓި-ކޮރަޕްޝަން ސްޓަޑީސް، ޑިޕްލޮމަސީ، ފިލޯސަފީ، ޝަރީޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، އިކޮނޮމިކްސް، އެޑްވޮކަސީ، ޕަބްލިކް ޕޮލިސީ، ޕޮލިޓިކަލް ސައިންސް، ގަވަނެންސް، ހިއުމަން ރައިޓްސް، ސޯޝަލް ސައިންސް، ސޯޝިއޮލޮޖީ، ލޯ، ޝަރީޢާ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް، އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލާރނިންގ، ލާރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް، ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް، އެޑަލްޓް ލާރނިންގ އެންޑް ލީޑަރޝިޕް، ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް، ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް.

ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން،  ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަނަލް ޓެކްނޮލޮޖީ، ކަރިކިއުލަން ޑިޒައިން އެންޑް އިނޮވޭޝަން، ކަރިކިއުލަމް ސްޓަޑީޒް.

އެޑިއުކޭޝަން މެނޭޖްމަންޓް، އެޑިޔުކޭޝަނަލް ލީޑަރޝިޕް އިން އެޑިޔުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން، ޓީޗަރ ލީޑަރޝިޕް، ޗޭންޖިންގ އެޑިޔުކޭޝަން، އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ،  އެޑިއުކޭޝަނަލް ޓްރާންސްފޯމޭޝަން، އެޑިއުކޭޝަނަލް ސައިކޮލޮޖީ.

ހިއުމަން ޓެލެންޓް މެނޭޖްމަންޓް، ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް، އިންޓަރނޭޝަނަލް ކްރިމިނަލް ލޯ، ޕަބްލިކް އިންޓަނޭޝަނަލް ލޯ، އެކައުންޓިންގ، ފައިނޭންސް، އޮޑިޓިންގ، އިކޮނޮމިކްސް، ޕަބްލިކް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝިއަލް މާކެޓިންގ، ފައިނޭންޝަލް ޕްލޭނިންގ، ކޯޕަރޭޓް ފައިނޭންސް، ބެންކިންގ، އިސްލާމިކް ފައިނޭންސް، ފައިނޭންޝިއަލް އިންޖިނިއަރިންގ، ފައިނޭންޝަލް އިކޮނޮމިކްސް، ގަވަރނަންސް، ފިލޯސަފީ އެންޑް އެތިކްސް.

ފޮރެންސިކްސް، ފޮރެންސިކް ސައިންސް، ޑިޖިޓަލް ފޮރެންސިކް، ފޮރެންސިކް ކޮމްޕިއުޓިންގ، ފޮރެންސިކް އިންވެސްޓިގޭޝަން، ފޮރެންސިކް އެކައުންޓިންގ، ކްރިމިނޮލޮޖީ.

އިންޓެލިޖެންސް، ކްރައިމް ޖަސްޓިސް، ކޯޕަރޭޓް އިންވެސްޓިގޭޝަން، ގަވަރނަންސް، އެޑްމިނިސްޓްރޭޓިވް އިންވެސްޓިގޭޝަން.

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

ކޮރަޕްޝަން ތަޙުޤީޤުކުރުމާއި، ވިޔަ ނުދިނުމުގެ ދާއިރާގެ މަސައްކަތްތަކާއި، މަގާމަށް ޢައްޔަންކުރާ ތަޢުލީމީ ދާއިރާއާގުޅޭ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

މައިގަނޑު މަސައްކަތް:

  • އެކަޑަމީގެ މަޤްޞަދު ޙާޞިލް ކުރެވޭނޭހެން ސްޓްރެޓީޖިކް ޕްލޭނާއި ބިޒްނަސް ޕްލޭނާއި އެކްޝަން ޕްލޭން އެކުލަވައިލުން. އަދި ކަނޑައެޅޭ މުއްދަތުތަކުގައި އެ ޕްލޭންތައް މުރާޖަޢާކޮށް އެއާއެއްގޮތްވާ ގޮތުގެމަތިން އެކަޑެމީ ހިންގުން. 
  • އެކްސަލަންސާއި އެފިޝަންސީ (ފުރިހަމަކަމާއި ނަތީޖާ ނެރެވޭ) މެނޭޖްމަންޓް ނިޒާމެއް އެކަޑަމީގައި ޤާއިމްކުރުން. 
  • އެކަޑެމީ ހިންގުމާއި މައްސަލަތައް ޙައްލުކުރުމަށް އިސްވެ ޙަރަކާތްތެރިވުމާއި، އިންސްޕަޔަރިންގ ލީޑަރޝިޕެއް ދެއްކުމާއިއެކު ކަންކަމާ ގުޅިގެން ބައްދަލުވުންތައް ބާއްވައި ކަންކަމާމެދު ގޮތްތައް ނިންމުން. 
  • ކޮމިޝަނުގެ ސްޓްރެޓީޖިކް މަޤްޞަދުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮމިޝަނުގެ މަސައްކަތްތައް ރާވާ ގޮތާއި، ކުރިއަށްދާގޮތް ބެލުމަށާއި، ޙާސިލުކުރެވޭ މައިގަނޑު ނަތީޖާތަކާއި ޖުމުލަ މިންވަރުތައް ދެނެގަންނާނެ މިންގަނޑުތަކާއި، ޓޫލްތައް އެކުލަވާލައި ތަންފީޒުކުރުމާއި އެކަންކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން.
  • މަސްއޫލިއްޔަތު އުފުލުމާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ ސަޤާފަތެއް ތަނުގައި އަށަގެންނެވުން.  
  • އެކަޑަމީގެ ޑިޕާޓްމެންޓްތަކުގެ މަސައްކަތްތައް ވިލެރަސްކުރުމާއި ޕްރޮގްރާމްތައް ހިންގަމުންދާގޮތް ބެލުން.  
  • އެކި ކަންކަމާގުޅިގެން އަމިއްލަ ފަރާތްތަކާއި ދައުލަތުގެ އިދާރާތަކާއި އަދި ކޮމިޝަނުން އެދޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން. 
  • އެކަޑަމީގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި ޕްރޮގްރާމްތައް ހިންގަމުންދާގޮތް ބެލުން.
  •  އެކަޑަމީގެ ސިޔާސަތުތައް ހަރުދަނާ ކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި ކަމާބެހޭ ފަރާތްތަކަށް ލަފާ ދިނުން.  
  • ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އެކަޑަމީގެ އެންމެހައި ކަންކަން ރިވިއުކޮށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ގެނައުން.  
  • ކޯސްތަކަށް ދަރިވަރުން ހޯދުމުގައި އިސްވެ ޙަރަކާތްތެރިވުމާއި ތަނުގައި ކިޔަވާ ދަރިވަރުން ކޯސްތަކުގައި ކުރިޔަށް ދިއުމަށް އެހީތެރިވުމާއި ދަރިވަރުންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކޮށް ދިނުމަށް މަސައްކަތްކުރުން.  
  • މުވައްޒަފުންނަށާއި ދަރިވަރުންނަށް ތަޖުރިބާ ހޯދޭނެ ފުރުޞަތުތައް ހޯދުމަށާއި ތަނުގެ ޤަދަރާއި ވަޞީލަތްތައް އިތުރުކުރުމުގެ މަޤްޞަދުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ މުހިންމު މުއައްސަސާތަކާ ގުޅުންތައް ޤާއިމްކުރުން. 
  • ކޮމިޝަނުގެ މެންބަރުންނާއި އެކަޑަމީގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފަހިކުރެވިދާނެ ފަރާތްތަކާ ގާތް ޕްރޮފެޝަނަލް ގުޅުމެއް އުފެއްދުން. 
  • ކޯސްތަކާއި ޕްރޮގްރާމްތައް އިޝްތިހާރުކުރުމާއި މާކެޓްކުރުން.  
  •  ބޭރުގެ އެޖެންސީތަކާއި އޮފީސްތަކާއި ޖަމާޢަތްތަކާއި ޢާންމު ފަރާތްތަކުގެ މެދުގައި އެކަޑަމީ ތަމްސީލު ކުރުން. 
  • ބޭރުގެ އެންޓި-ކޮރަޕްޝަން އެޖެންސީ ތަކާއެކު ގުޅުން ބަދަހި ކުރެވިދާނެ ގޮތްތައް ހޯދާ، އެހެނިހެން އެންޓި-ކޮރަޕްޝަން އެޖެންސީތަކާ ގުޅިގެން ކޯސްތަކާއި ޕޮރޮގްރާމްތައް ހިންގުން.  
  •  ބިދޭސީ ދަރިވަރުންނަށް އެކަޑަމީ ތަޢާރަފުކޮށް، އެކަޑަމީގައި އެކަމަށް އޮތް ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ބައިނަލްއަޤްވާމި ފެންވަރުގައި އުނގަންނައިދޭ ތަނެއްކަމުގައި ހަދައި ބޭރުގެ ދަރިވަރުންނަށްވެސް ފުރުޞަތު ފަހިކޮށްދިނުން. 
  •  އެކަޑަމީއާއި އެކަޑަމީއިން ބޭރުގައި ބައިވެރިވާންޖެހޭ އެންމެހާ ކޮމިޓީތަކާއި ގުރޫޕްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. 
  •   އެކަޑަމީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކާއި ތަޖުރިބާތައް ހޯދުމަށް މަގު ތަނަވަސްކޮށްދިނުމާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުން.. 
  •  އެކެޑަމީގެ ބަޖެޓް އެކުލަވާލުމުގައި ބަޖެޓް ޚަރަދު ކުރަމުންދާގޮތް ބެލުމުގައާއި ތަނަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ބަޖެޑުން ޚަރަދުކުރުމަށް އެހީތެރިވުން.
  •  އެކަޑަމީގެ ސްޓްރެޓެޖިކް މަޤްޞަދުތައް ޙާސިލުވާގޮތަށް އައި.ޓީ. ނިޒާމް ހަރުދަނާކޮށް ބެލެހެއްޓުން. 
  • އެކި ގޮތްގޮތުން އެކަޑަމީއަށް ފައިސާއާއި ވަޞީލަތްތައް ހޯދޭނެ މަގުތައް ފަހިކުރުން.  
  • މޮޑިއުލްތައް ކިޔަވާދޭނޭ މުދައްރިސުންނާއި އެކިއެކި ޙަރަކާތްތައް ހިންގުމަށް މީހުން ހޯދުމުގައި އެހީވުމާއި ކިޔަވައިދިނުމުގެ ފެންވަރު ބެލުމާއި އިމްތިހާނުތައް ހިންގުން.  
  • ރިސަރޗް ސެކްޝަނާއި ގުޅިގެން  ދާއިރާއާގުޅޭ ދިރާސާތައްކޮށް އެ ދިރާސާތައް ޢާންމުކުރުން.  

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
  2. މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ 10% )
  3. ޕްރެޒެންޓޭޝަން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
  4. އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )

 އެޕްލިކޭޝަން ސުންގަޑި:

21 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.

 ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
  6. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )

 

އިތުރު މަޢުލޫމާތު:

 

 

  1. ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް، މަޤާމުގެ ޝަރުތު ހަމަވާނަމަ، ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
  3. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
  4. މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
  5. ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަތޯ ނުވަތަ ހުށަހަޅާފައިވަނީ ރަނގަޅު ލިޔެކިއުންތައްކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  6. މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
  7. ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015265

އީމެއިލް: [email protected]

 

 

14 ޖޫން 2026