މުބާރާތް
ނަންބަރު: (IUL)330-A/330/2026/39
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 23 ޖޫން 2026 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު- ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2026

އިއުލާން ނަންބަރު: (IUL)330-A/330/2026/37, ގެ މައުލޫމާތު ކަރުދާސް އިސްލާހުކުރުމަށްފަހު އަލުން އިއުލާނުކުރަމެވެ. 

މިހިނގާ 2026 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2026" ގެ ނަމުގައި 2026 ޖުލައި 24 ވަނަ ދުވަހުން ފެށިގެން ކާށިދޫ ކައުންސިލްގެ ފަރާތުން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް އިންތިޒާމުކުރުމަށް ހަމަޖެހިފައިވަނީ އައުޓްސޯސް ކޮށްގެންނެވެ.

         އެހެންކަމުން ، "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2026" އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކާށިދޫ ކައުންސިލުން ބާއްވާ "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2026" އިންތިޒާމުކޮށް ހިންގުން އައުޓްސޯސްކުރުމާބެހޭ އުސޫލު" ގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އުޞޫލު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި މުބާރާތް ހިންގުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. އަންދާސީ ހިސާބުގައި ތިރީގައިވާ ކަންކަމަށް ހުށަހަޅާ އަގުތައް ވަކިވަކިން ބަޔާންކުރަންވާނެއެވެ.

  1. މެޗް އެލަވަންސް ނުހިމަނައި ރެފްރީންނާއި ލައިންސްމަނުންނަށް ކުރަންޖެހޭ ޖުމްލަ ޚަރަދު (ދަތުރު ޚަރަދު، އެކޮމޮޑޭޝަން، ކެއުން އަދި އެހެން ޚަރަދެއް ވާ ނަމަ އެ ޚަރަދެއް)
  2. ރެފްރީންނަށް މެޗް އެލަވަންސްގެ ގޮތުގައި ދޭންޖެހޭ ޖުމްލަ ޢަދަދު
  3. މުބާރާތް އިންތިޒާމުކޮށް ހިންގުމަށް ކުރަންޖެހޭ އެހެނިހެން ޚަރަދު

     ވީމާ، މި މުބާރާތް އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖޫން 23 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                         28 ޛުލްޙިއްޖާ 1447

                          14 ޖޫން 2026

 

14 ޖޫން 2026