ދިވެހިރާއްޖެ
އިޢުލާން
ސްކޫލް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
2016 ން 2017 އަށް މި ސްކޫލުގެ ސްކޫލް ބޯޑަށް 5 މެންބަރުން އިންތިޚާބު ކުރަން ބޭނުންވެއެވެ.
ޝަރުޠުތައް:
- ސްކޫލުގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކު ނުވަތަ ބަލަދު ވެރިޔަކު ކަމުގައިވުން.
 - ސްކޫލް ބޯޑުގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.
 - ޖިނާއީ ކުށެއް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ނުވުން. ނުވަތަ އެފަދަ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެފަދަ ހުކުމަކަށް ކަނޑައެޅުނު އަދަބު މާފުކުރެވުނުތާ 5 އަހަރުވެފައިވާ މީހަކުކަމުގައިވުން.
 - ދިވެހިބަހުން ލިޔަންކިޔަން އެނގުން
 - ސްކޫލުގެ މުވައްޒަފަކަށް ނުވުން.
 - އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކު ކަމުގައިވުން.
 
މެންބަރުން އިންތިޚާބު ކުރާނެ ގޮތް:
5 މެންބަރުންނަށްވުރެ މަދުން މީހުން ކުރިމަތިލައިފިނަމަ، ކުރިމަތިލީ މީހުން ވޯޓުލުމަކާ ނުލައި އިންތިޚާބުވީއެވެ. 5 މެންބަރުންނަށް ވުރެ އިތުރަށް މީހުން ކުރިމަތިލައިފިނަމަ، އެ މީހުންގެ ތެރެއިން 5 މެންބަރުން އިންތިޚާބުކުރާނީ ބެލެނިވެރިންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބެލެނިވެރިން 2016 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ބޯޑު މެންބަރުކަމަށް އެދޭ ފޯމު ފުރުއްވުމަށްފަހު، ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމާއެކު ކުރިމަތިލައްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. ބޯޑު މެންބަރުކަމަށް އެދޭފޯމު ރަސްމީގަޑީގައި ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ.