ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2026/94
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 14 ޖޫން 2026 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެމްޕަސް އޮފިސަރ (އިންޓާރން)

މަޤާމް:

ކެމްޕަސް އޮފިސަރ (އިންޓާރން)

ބޭނުންވާ އަދަދު:

    2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (ސ.މީދޫ ކެމްޕަސް)

ޑިޕާޓްމަންޓް / ސެކްޝަން:

ފެސިލިޓީސް އެންޑް މެއިންޓެނެންސް

މަސައްކަތު ގަޑި:

މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ދުވާލަކު 4 ގަޑި އިރު އެވެ.

(ނޯޓް: މަސައްކަތް ކުރަންޖެހޭނީ ސުޕަރވައިޒަރު އަންގާ ގޮތެއްގެ މަތިން، ހެނދުނު ދަންފަޅި ނުވަތަ މެންދުރުފަހު ދަންފަޅި)

މުއްދަތު:

3 މަސް ދުވަސް

ޢުޖޫރަ:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް އެލަވަންސްގެ ގޮތުގައި ޖުމްލަ 175.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކެމްޕަހުގައި ކުރަމުންދާ މަރާމާތުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބަލަހައްޓައި، އިދާރީ ބަޔަށް ރިޕޯޓްކުރުން
  2. ކެމްޕަސް ހުޅުވައި ލެއްޕުމުގެ މަސައްކަތް
  3. ކެމްޕަހަށް ބޭނުންވާ ތަކެއްޗަށް ރިކުއެސްޓްކުރުމާއި، ލިބޭ ހަރުމުދާތައް އިދާރާއިން އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން
  4. މީގެ އިތުރުން ކެންޕަހުގައި ކިޔަވައިދިނުމަށް ތައްޔާރުވުމަށް ބޭނުންވާ އެންމެހާ މަސައްކަތައް، ޔުނިވަރސިޓީން އަންގާ ގޮތެއްގެ މަތިން ކުރުން

މަޤާމުގެ ޝަރުޠުތައް:

  • ގުރޭޑު 10 ނިންމާފައިވުން
    • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން. (16 އަހަރާއި 18 އަހަރާ ދެމެދުގެ ފަރާތެއްނަމަ، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.)
    • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން
    • މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވުން
    • ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް) / ސްކޫލް ލީވިންގ ސެޓްފިކެޓް.
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) (ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން)
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން. (އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު
  • ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ހުނަރު
  • ތަފާތު ދަންފަޅީގައި މަސައްކަތްކޮށް، އޮފީހުގެ މަސައްކަތަށް ވަގުތު ދެވޭ މިންވަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

    https://forms.gle/LJwY9toET389gahB9

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގެ މުއްދަތު ހަމަވާނީ 21 ޖޫން 2026 ވަނަ ދުވަހުގެ 23:59 އަށެވެ.

ޝޯޓް ލިސްޓްކުރުން

  • ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މަސައްކަތް ނިމުމުން ބައިވެރިންނަށް ސެޓްފިކެޓް އޮފް އެޕްރިސިއޭޝަން ގެ ގޮތުގައި ސެޓްފިކެޓެއް ދެވޭނެއެވެ. އަދި ވަޒީފާގައި އުޅުނުކަމުގެ ލިޔުންވެސް ދެވޭނެއެވެ.

އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.
  • އީ-މެއިލް ކުރާނީ [email protected]  އަށެވެ.
14 ޖޫން 2026