ދިވެހިރާއްޖެ
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީސް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާއި ގުޅިގެން ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިކަމަށް ޝައުގުވެރިވާ މިރަށުގެ ޓީމްތަކަށް ހުޅުވާލަމެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 17 ޖޫން 2026 (ބުދަ) ދުވަހުގެ 13:00 ގެ ކުރިން ލިންކުގައިވާ https://forms.gle/G34sitCD5mrUciTR6 ގޫގަލް ފޯމް ފުރުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ދެޖިންސުގެ ބައިވެރިންވެސް ހިމެނިދާނެއެވެ. މި މުބާރާތުގެ ޤަވައިދު މި އިޢުލާނާއިއެކު އެއްހީރާސް ކުރެވިފައިވާނެއެވެ.
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 ން 12:00 ށް ކައުންސިލް އޮފިސަރ މުޖުތަބާ ޔޫސުފް 9860371 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.