ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/81
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 22 ޖޫން 2026 00:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ-އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓ/ މިފްކޯ ހެޑް އޮިސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު (ފުރަތަމަ 03 މަސް ޕްރޮބޭޝަން) 

ވަޒީފާ އަދާކުރަންޖެހޭ ތަން

 އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް /މިފްކޯ ހެޑް އޮފިސް

އަސާސީ މުސާރަ

3100 ރުފިޔާ

އިތުރު ޢިނާޔަތްތައް

(ސާރވިސް އެލަވަންސް: 1860.00 ރުފިޔާ (ބޭސިކް މުސާރައިގެ %60   މިނިމަމް ވޭޖް އެލަވަންސް: 3441.00 ރުފިޔާ -

ފުޑް އެލަވަންސް:1800.00 ރުފިޔާ-

ޝަރުޠު

 ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން މަދުވެގެން ތިން ފާސް ލިބިފައިވުން

ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމްގެ މަސްއޫލިއްޔަތުތައް

-ކުންފުނީގެ ފަރާތުން ސަރުކާރު އޮފީސްތަކަށާއި އަމިއްލަ ފަރާތްތަކަށް ޙަވާލުކުރުމަށާއި ފޮނުވުމަށް ދެވޭތަކެއްޗާއި ލިޔެކިޔުން އެފަރާތްތަކާއި ޙަވާލުކުރުން.

-ކުންފުންޏަށް ބޭރުންލިބޭ އެންމެހައި ޑޮކިއުމަންޓްތަކާއި އިންޓަރނަލް ޑޮކިއުމަންޓް ރިސީވްކޮށް އަދި މާސްޓަރ ރެޖިސްޓަރ އެއްގައި އެންޓަރކޮށް ޑިޕާރޓްމަންޓްތަކަށް ރޫޓްކުރުމަށް ކަނޑައެޅިފައިވާ އުޞޫލުން އެއްވެސް ލަސްކަމެއްނެތި ވަގުތުން ވަގުތަށް ހަމަޖެއްސުން.

-ކުންފުންޏަށް އެކިކަންކަމުގައި ވަޑައިގަންނަވާހުރިހާ ފެންވަރެއްގެ ހުރިހާގިންތިއެއްގެ ބޭފުޅުންނަށް މަރުޙަބާ ދެންނެވުމާއި، ކުންފުނީގެ ހައިބަތު ނުގެއްލޭނޭގޮތަށް ހިނިތުންވުމާއެކު ރިސެޕްޝަންގެ ޚިދުމަތްތައް ދިނުން.

-އަދި ޚިދުމަތަށްއެދި ވަޑައިގަންނަވާ ބޭފުޅުންނަށް، ބޭނުންވެގެން އަންނަ ޚިދުމަތް ލިބޭނެ ފަސޭހަމަގު ތަނަވަސްކޮށްދީ އެފަދަ ފަރާތްތަކަށް އެހީތެރިވެދިނުން.

-ރިސެޕްޝަނަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުން

-މަސައްކަތާއި ގުޅޭ ހުރިހާ ޑޮކިއުމެންޓެއް ފައިލުކޮށް ބެލެހެއްޓުން.

-ހެޑް އޮފީހުގެ މީޓިންގ ރޫމްތައް ރިޒާވް ކޮށްދިނުމާއި އެތަންތަނަށް ބޭނުންވާ ސްޓޭޝަނަރީ ހަމަކޮށް ބެލެހެއްޓުން.

-ސެންޓަރުތަކަށާއި އަދި ވަޒީފާއާއި ގުޅިގެން ދަތުރުކުރަންޖެހޭ އެންމެހައި ތަންތަނަށް ދަތުރުކުރުން

-ކުންފުނީގެ ސިއްރުތައް ހާމަކުރަންޖެހޭ ފަރާތްފިޔަވައި އެހެން ފަރާތަކާއި ޙިއްސާ ނުކުރުން.

-ޑިޕާރޓްމެންޓް އިން ނުވަތަ މެނޭޖްމަންޓްއިން ހަވާލުކުރެވޭ އެހެނިހެން (އިސްލާމްދީނާއި އަދި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފްނުވާ) މަސައްކަތް ކުރުން.

އިންޓަރވިއުކުރުން

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ޕޮލިސް ރިޕޯރޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

 ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ [email protected]  އަށެވެ. 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 22 ޖޫން 2026 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިންނެވެ

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ

 ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޖޫން 2026