ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)200-A/200/2026/36
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 21 ޖޫން 2026 14:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

އިޢުލާން

 

މަޤާމު:

ސީނިއަރ ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވަޒީފާއާބެހޭ ޓްރައިބިއުނަލް، ކ.މާލެ

މަސައްކަތްކުރަންޖެހޭ ޑިވިޜަން:

ސަޕޯޓް ސަރވިސް ޑިވިޜަން

މުސާރަ:

7،500.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް:

މުސާރައިގެ %45 (3,375.00 ރުފިޔާ)

ލިވިންގ އެލަވަންސް:

3,000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓްރައިބިއުނަލުގެ ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓު ތައްޔާރުކޮށް، ފޮނުވަންޖެހޭ މުއްދަތުގެ ތެރޭގައި ފޮނުވުމުގެ މަސައްކަތް ކުރުން.
  2. ކޮންމެ އަހަރެއްގެ މާލީ ބަޔާން އެކުލަވާލާއި، ފޮނުވަންޖެހޭ މުއްދަތުގެ ތެރޭގައި ފޮނުވުމުގެ މަސައްކަތްތައް ކުރުން.
  3. ޓްރައިބިއުނަލުގެ މެންބަރުންނާއި މުވައްޒަފުންނަށް މަހުން މަހަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތައް ކަނޑައެޅިފައިވާ މުއްދަތަށް ލިބިދިނުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ޓްރައިބިއުނަލުން ފައިސާ ދައްކަން ޖެހޭ ބިލްތަކަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ފައިސާ ދެއްކުން.
  5. ޓްރައިބިއުނަލުގެ ތިޖޫރި އަދި ޕެޓީ ކޭޝްގެ ފައިސާ ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
  6. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތައް ޓްރައިބިއުނަލަށް ލިބޭ އާމްދަނީ އާއި އެހެނިހެން ފައިސާ ބަލައިގަނެ، ޖަމާކުރަންޖެހޭ ފައިސާއެއް ނަމަ، ކަނޑައެޅިފައިވާ އެކައުންޓަށް ޖަމާކުރުމުގެ މަސައްކަތްތައް ކުރުން.
  7. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުގެ ދަށުން އެކުލަވާލަންޖެހޭ ރިޕޯޓްތައް އަދި ފައިނޭންސް ސެކްޝަނުގެ މަސައްކަތާގުޅޭ އެހެނިހެން ރިޕޯޓްތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  8. ޓްރައިބިއުނަލުގެ ފަރާތުން ރާއްޖެ އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ބައިވެރިވާ ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތްކުރުމާއި، ދަތުރު ނިމުމަށްފަހު ދަތުރު ރިޕޯޓުތައް ހޯދުމުގެ މަސައްކަތް ކުރުން.
  9. ސެކްޝަނުގެ އިދާރީ އެހެނިހެން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

    ނުވަތަ،

  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ދާއިރާ

  1. ފައިނޭންސް
  2. އެކައުންޓިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ފައިނޭންސް
  2. އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުންނާއި، ޓްރައިބިއުނަލުގެ މަސައްކަތްތައް ހިންގާ އިމާރާތުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
  2. https://employmenttribunal.gov.mv/wp-content/uploads/2026/01/Job-Application-form-1.docx
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް) ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ކާކުކަން އަންގާއިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް) ގެ ކޮޕީ؛

  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ އިދާރާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ނ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތް ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގެ ޖަދުވަލު 4 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު، ޓްރައިބިއުނަލުގައި އަދާކުރަމުންދާ/އަދާކުރި މަޤާމާ ގުޅޭ ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

ޕްރެޒެންޓޭޝަން އަދި/ނުވަތަ އެސެސްމަންޓް

20

އިންޓަވިއު

35

ޓްރައިބިއުނަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެޕްރައިޒަލްއަށް ބިނާކޮށް ދޭ މާރކްސް

5

ޖުމުލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖޫން 2026 ގެ 14:00 ގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އިޢުލާން ޝާއިޢުކުރުމަށް ފަހު، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ، ދުވަސް އިތުރުކޮށް ޖެހިގެން އަންނަ ސަރުކާރު ރަސްމީ ދުވަހުގެ ރަސްމީ ގަޑި ހަމަވުމާ ހަމައަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 08 (އަށެއް) އަށްވުރެ ގިނަ ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައި ކަނޑައަޅާފައިވާ ފަދައިން ޝޯޓްލިސްޓްކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު" އާންމުކޮށް ފެންނާނެހެން ޓްރައިބިއުނަލުގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައިވާ ގޮތުގެ މަތިން މި ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ޓްރައިބިއުނަލުގެ ނަންބަރު 3027801 އަށެވެ. އަދި އީމެއިލް ކުރާނީ [email protected]  އަށެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓު (https://employmenttribunal.gov.mv/) އިން ލިބެން ހުންނާނެއެވެ.

14 ޖޫން 2026