ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2026/64
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 18 ޖޫން 2026 12:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

މިރަށު "މާނަވީ" ގޭގެ އިރުން އޮތް ހުސްބިމުގައި ހުރި (ރަތް ކުލައިގެ ދަވާދުން X  ޖަހާފައިވާ ) 04 ރުކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިދެންނެވި 04 ރުކުގެ ވެރިއެއްވާނަމަ، ރުއް ނަގައިގެން ގެންދިއުމަށް ނުވަތަ އެއީ އެފަރާތުގެ ރުކެއް ކަން އެނގޭނެ ލިޔުމެއް 2026 ޖޫން 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މި ދެންނެވި ސަރަޙައްދު އެނގޭނެ ޗާޓެއް ތިރީގައި ހިމަނާފައި އެވަނީއެވެ.

14 ޖޫން 2026