މުބާރާތް
ނަންބަރު: (IUL)353/353/2026/30
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 14 ޖޫން 2026 14:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް 2026 ފުޓްބޯޅަ މުބާރާތް

އިޢުލާން

 

ކައުންސިލް ކަޕް 2026 ފުޓްބޯޅަ މުބާރާތް

                މިރަށުގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމާއި، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ކައުންސިލުން އިންތިޒާމްކޮށް ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 21 ޖޫން 2026 ވާ އާދީއްތަ ދުވަހުގައެވެ. މިމުބާރާތަކީ މިރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށްވުމާއެކު މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ރަށުގެ ޓީމް ތަކަށެވެ.

                މުބާރާތުގައި ޓީމްތައް ބައިވެރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކައުންސިލުން ދޫކުރާ " މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރުއްވައި 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި  ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއެކު -/500 ރުފިޔާ ގެ ފީއެއް ކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމު ލިސްޓްތައް ހުށަހަޅާނީ 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 ޖޫން 2026