ދިވެހިރާއްޖެ
އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން 2026 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޭކު ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ނޭކުރެންދޫގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް ހުޅުވާލަމަވެ. މިއީ ބިގިނަރ ބޭސިކް ޓު އެޑްވާންސް ކޭކު ކޯހެވެ. ކޯހުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން ފީ އެއްގެ ގޮތުގައި -/1000 ރުފިޔާ ނެގޭނެއެވެ. މި ކޯސް ކުރިއަށް ގެންދެވޭނީ މަދުވެގެން 10 ބައިވެރިން ހަމަވާނަމައެވެ. ކޯހުގައި އެންމެ ގިނަވެގެން ބައިވެރިވެވޭނީ 20 ބައިވެރިންނަށެވެ. މިގޮތުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ރަޖިސްޓްރީވާ ބައިވެރިންގެ ތެރެއިން އިސްކަން ދެވޭނީ ފުރަތަމަ ބައިވެރިވުމަށް ރަޖިސްޓްރީކުރާ 20 ބައިވެރިންނަށެވެ. ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 22 ޖޫން 2026ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން މި އިޢުލާނުގައިވާ ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. ކޯހާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 14:00އާ ދެމެދު 6520722 އާ ގުޅާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
- ބައިވެރި ވުމަށް އެދޭ ފޯރމްލިންކް :