ދިވެހިރާއްޖެ
ތުޅާދޫ ސްކޫލަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭނުންކުރާ ޓީޝާޓުގެ ސްޕޮންސަރ ލޯގޯއަށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
ތުޅާދޫ ސްކޫލަށް 90 އަހަރުފުރޭ މުނާސަބަތުގައި ބޭނުންކުރާ ޚާއްޞަ ޓީޝާޓުގައި ސްޕޮންސަރ ލޯގޯ ޖެހުމަށް ބޭނުންވާ ފާރާތްތަކަށް އަގު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ސްޕޮންސަރޝިޕާ ގުޅޭ އިތުރު ތަފްޞީލް ތިރީގައި އެވަނީއެވެ.
- ޓީޝާޓުގައި ލޯގޯ ޖެހުމަށް ހުށައެޅޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ކުލަބު، ޖަމުޢިއްޔާ އަދި ޖަމާޢަތްތަކަށެވެ. މީގެ އިތުރުން، ސްޕޮންސަރ ކުރާ ފަރާތުން ހުށައަޅާ ލޯގޯއަކީވެސް ރަޖިސްޓްރީ ކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
- ކޮންމެ ފަރާތަކަށް ވެސް ކޮންމެވެސް އެއް ކެޓަގަރީއަށް ނުވަތަ ދެ ކެޓަރީއަށްވެސް އަގު ހުށައެޅިދާނެއެވެ.
ކެޓަގަރީ: 1
- ލޯގޯ ހުންނާނެ ތަން: ޓީޝާޓުގެ ފުރަގަހުގެ ތިރީބައިގެ މެދުގައެވެ.
- ހުށައެޅޭނެ އެންމެ ކުޑަ އަގު: -/15,000 (ފަނަރަ ހާސް) ރުފިޔާ.
ކެޓަގަރީ:2
- ލޯގޯ ހުންނާނެ ތަން: ޓީޝާޓުގެ ފުރަގަހުގެ ތިރީގައި، ކެޓަގަރީ 1 ގެ ލޯގޯގެ ދެފަރާތުގައެވެ.
- ހުށައެޅޭނެ އެންމެ ކުޑަ އަގު: -/10,000 (ދިހަ ހާސް) ރުފިޔާ.
ވީމާ، ޓީޝާޓުގައި ޖަހާ ލޯގޯ ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް ތުޅާދޫ ސްކޫލުގެ މަޝްވަރާ މާލަމަށް ވަޑައިގެން އަގު ހުށަހަޅާ ފޯމު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސްކޫލުގެ ނަންބަރު 6600136 އަށް ގުޅުއްވުން ނުވަތަ 7339322 އަށް ވައިބަރ މެސެޖެއް ކުރެއްވުން އެދެމެވެ. އަދި [email protected] އަށް އީމެއިލް ކުރައްވައިގެން ވެސް މަޢުލޫމާތު ހޯއްދެވޭނެއެވެ.