ކުއްޔަށް ދިނުން
ނަންބަރު: (IUL) PSM-FP/ PSM/2026/120
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި: 14 ޖޫން 2026 11:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕީ.އެސް.އެމް އިން އިންތިޒާމުކުރާ "ވީއާ2026 ވޯލްޑްކަޕް ކާނިވަލް" ގައި ވިޔަފާރި ސްޓޯލްތައް ކުއްޔަށް ދޫކުރުން

އިޢުލާން ނަންބަރ 

(IUL) PSM-FP/ PSM/2026/120

  

  • ޕީ.އެސް.އެމް އިން އިންތިޒާމުކުރާ "ވީއާ2026 ވޯލްޑްކަޕް ކާނިވަލް" ގައި ވިޔަފާރި ސްޓޯލްތައް ކުއްޔަށް ދޫކުރުން

               12 ޖޫން އިން 18 ޖުލައި 2026 އަށް ޓީ.ވީ.އެމް ގޯތިތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ވީއާ2026 ވޯލްޑްކަޕް ކާނިވަލް" ގައި ވިޔަފާރި ސްޓޯލްތައް ކުއްޔަށް ހިފުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މި ކާނިވަލުގައި ސްޓޯލްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތީ ކުއްޔެއް ހުށަހަޅާ 20 ފަރާތަކަށެވެ. ސްޓޯލެއްގެ ބިޑް ފެށޭ އަގަކީ 500 (ފަސްސަތޭކަ) ރުފިޔާއެވެ. އެއްވަރަކަށް އަގު ހުށަހަޅައިފިނަމަ، ސްޓޯލްތައް ހަވާލުކުރެވޭނީ ކުރިން ހުށަހަޅާ ފަރާތްތަކަށެވެ.

ވީމާ، ސްޓޯލް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތު ހިމަނައި 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

  • ހުށަހަޅާ ފަރާތުގެ މައުލޫމާތު (އައިޑީ ކާޑު ކޮޕީ)
  • ކުރަން ބޭނުންވާ ވިޔަފާރީގެ ތަފުސީލް
  • ސްޓޯލަށް ހުށަހަޅާ ބިޑް އަގު (މަދުވެގެން -/500 ރުފިޔާ)

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބިޑްތަކާއި، އީމެއިލް ނޫން އެހެން ވަސީލަތްތަކުން ފޮނުވާ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ސްޓޯލްތަކުގެ ސައިޒާއި ކާނިވަލުގެ އުސޫލުތައް ހިމެނޭ މަޢުލޫމާތު ކަރުދާސް މަތީގައިވާ އީމެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7782333 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ

11 ޖޫން 2026