މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2026/178
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 17 ޖޫން 2026 12:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެމެރޖެންސީ މެޑިކަލް ސަރވިސަސް ބަދުލުވާ އިމާރާތުގައި ބްލައިންޑް ކާޓައިންސް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް އެމެރޖެންސީ މެޑިކަލް ސަރވިސަސްބަދުލުވާ އިމާރާތުގައި ބްލައިންޑް ކާޓައިންސް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު، މުއްދަތު ، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޑިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ. މި އިއުލާނާއެކު އަންދާސީ ހިސާބު އަދި ސްޕެސިފިކޭޝަން ވާނީ އެޓޭޗްކުރެވިފައެވެ. މި މަސައްކަތުގެ ސައިޓް އިންސްޕެކްޝަން ހެދުމަށް ބޭނުންވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 9:00 އަށް މަންހަޓަން ގްރޭންޑް ހޮޓެލް، ފިތުރޯނު މަގު، ހުޅުމާލެ – ޕޭސް 1 އަށް ވަޑައިގެންދެއްވުން އެދެމެވެ.  

 

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

11 ޖޫން 2026